ހެދިކާ ތަކުގެ ތެރެއިންވެސް ރިހަ ފޮޅި އަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ ހެދިކާއެކެވެ. އިހު ޒަމާނުގައި ރިހަ ފޮޅި ތައްޔާރު ކުރަނީ ބާކީ ވެފައި ހުންނަ ރިހަ ފޮދާއި މަސްކޮޅުންނެވެ. ނަމަވެސް މިހާރުވެސް ބޭނުންނަމަ އެގޮތަށް ތައްޔާރު ކޮށް އަޖުމަ ބަލާލެވިދާނެއެވެ.

އަދި ގިނަ ބަޔަކަށް ރޯދަ މަހު ތެލުލި ކާނާ އަކީ އެހާ ކަމުދާ ކާނާ އަކަށް ނުވާއިރު އެފަދަ މީހުންނަށް ރިހަ ފޮޅި އަކީ ކަމުދާ ހެދިކާ އަކަށް ވާނެއެވެ.

ބޭނުންވާ ތަކެތި

  • 1 ދަޅު މަސް
  • 1 ފިޔާ (ތުނިކޮށް ކޮށާފައި)
  • 1/2 ސައިސަމްސާ ލޮނުމެދު ޕޭސްޓް
  • 1/2 ސައިސަމްސާ އިނގުރު ޕޭސްޓް
  • 1 ރާނބާ ފަތް (2 އިންޗިއަށް ކޮށާފައި)
  • 1 މޭޒުމަތީ ސަމްސާ މަސް ރިހަ ޕައުޑަރު
  • ހިކަނދިފަތް
  • މިރުސް
  • ޓޮމާޓޯ ޕޭސްޓް
  • 1 ސައިސަމްސާ ހިކި މިރުސް ޕައުޑަރު
  • 1 މޭޒުމަތީ ސަމްސާ ތެޔޮ.
  • 1 ޖޯޑު ފުށް
  • 1/2 ޖޯޑު ފެން
  • ކުޑަ ރީނދޫ ކޮޅެއް
  • ލޮނު (ރަހަލާވަރަށް)

ތައްޔާރު ކުރާނެ ގޮތް

ތެއްޔަކަށް ތެޔޮ އެޅުމަށް ފަހު ފިޔާ އަޅާ ވަޅޯ ކޮށްލުމަށް ފަހު ހިކަނދި ފަތް، މިރުސް، ރާނބާފަތް، ލޮނުމެދު އަދި އިނގުރު ޕޭސްޓް އަޅާ ފިޔާ ގަނޑު ހަނާކޮށްލާށެވެ. އެއަށް ފަހު ހިކި މިރުސް ޕައުޑަރު، މަސްދަޅު އަދި ޓޮމާޓޯ ޕޭސްޓް އަދި ރަހަލާ ވަރަށް ލޮނު އެޅުމަށްފަހު ރީއްޗަށް އެއްކޮށްލާށެވެ. އޭރުން މަސްގަނޑު ތައްޔާރުކޮށް ނިމުނީ އެވެ.

ރިހަ ފޮޅި މަސްގަ

ފޮޅި ތައްޔާރު ކުރުމަށްޓަކަައި ތަށްޓަކަށް ފުށް، ލޮނު، ރީނދޫ ކޮޅެއް އަޅާ އެއްކޮށްލާށެވެ. ދެން ފެން ފޮދު އެޅުމަށްފަހު އޮލަ ވަންދެން ގިރާލާށެވެ. ތަވާ ހޫނު ކުރުމަށްފަހު، ކުރިން ތައްޔާރު ކުރި ބެޓާގެ 2 މޭޒުމަތީ ސަމްސާ ތަވައަށް އެޅުމަށްފަހު ވަށައިގެންވާ ބައްޓަމަށް ފަތުރާލާށެވެ.

ފޮޅި ފިހުމަށްފަހު ތައްޓަކަށް ލާފައި ކުރިން ތައްޔާރު ކުރި މަސްގަނޑުން 1 ސައިސަމްސާ އެޅުމަށްފަހު އޮޅާލާށެވެ.