މީގެ ހަތަރުވަރަކަށް ދުވަސްކުރިން މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ ސެލީނާ ގޯމޭޒް އާއި ޒޭން މާލިކް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ ވާނީ އަޑުއަހާފައެވެ.

ސެލީނާ އާއި ޒޭން ލޯބީގެ ގޮތުން ގުޅުމާއެކު ފޭނުން އެންމެ ބޮޑު ސުވާލެއް އުފެއްދީ ޒޭން އަށާއި ޒޭންގެ ކުރީގެ ލޯބިވެރިޔާ ޖީޖީ ހަދީދް އަށެވެ. ޒޭން އާއި ޖީޖީގެ ގުޅުމަށް އަންހެން ކުއްޖަކު ލިބިފައިވާއިރު އެ ގުޅުމާ މެދު ޖީޖީ ދެކޭގޮތް ބަލަން ގިނަ ބަޔަކު އިންތިޒާރު ކުރިއެވެ. ޔޫއެސް ވީކްލީ އިން ޖީޖީ ހަދީދް އާ ހަވާލާދީ ބުނީ ދެމީހުންގެ ގުޅުމަށް ޖީޖީ މަރުހަބާ ކިޔާކަމަށެވެ. އަދި ސެލީނާ އަށާއި ޒޭން އަށް ސަޕޯޓްކުރާ ކަމަށާއި އެ ގުޅުމާ މެދު ޖީޖީ އުފާވާ ކަމަށްވެސް ބުނެފައި ވެއެވެ.

"އެކަމުގައި ޖީޖީގެ ނެތް އެއްވެސް މައްސަލައެއް ޒޭން އުފާވާނަމަ. ކޮންމެ މީހަކާއެކު އުޅުނަސް ދަރިފުޅު ޚައި އަށް ދޭންޖެހޭ ވަގުތާއި ލޯބި ދެނިކޮށް މައްސަލައެއް ނެތް،"

"ވަން ޑިރެކްޝަން" ބޭންޑުން އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ޒޭން އެންމެ ފަހުން ލޯބީގެ ގޮތުން ގުޅުނީ މޮޑެލް ޖީޖީ ހަދީދް އާއެވެ. 2015 ވަނަ އަހަރުން ފެށިގެން ދެތަރިން އެކުގައި އުޅުމަށް ފަހު ވަކިވީ 2021 ވަނަ އަހަރުގައެވެ. ޒޭން އާއި ޖީޖީގެ ގުޅުމަށް ވަނީ 2020 ވަނަ އަހަރު އަންހެން ކުއްޖަކުވެސް ލިބިފައެވެ. ހައި ހަދީދް މާލިކް ގެ ނަމުން ނަންދީފައިވާ އެމީހުންގެ ދަރިފުޅަށް މިހާރު ދެ އަހަރެވެ. ޖީޖީ އާއި ޒޭންގެ ދުވަސްވީ ގުޅުން ނިންމާލަން ޖެހުނީ ޖީޖީގެ މަންމަ ޔޮލާންޑާ ހަދީދުގެ ނުފޫޒުގަދަކަމުގެ ސަބަބުންނެވެ. 2021 ވަނަ އަހަރު ޖީޖީ އާއި ޒޭން ރުޅިވުމުގެ ކުރިން ޔޮލާންޑާ ވަނީ ޒޭންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ވެސް ކޮށްފައެވެ.