އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މަގާމުން ވަކި ކުރުމަށް ނިންމާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން (ޕީސީބީ) އަށް މިއަދު ފޮނުވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުން އިތުރަށް ބުނީ، ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް މަގާމުތަކަށް ބަދަލު ގެންނަ ކަމަށާއި އެގޮތުގެ މަތިން އަމްރު ވަކި ކުރަން ނިންމީ ކަމަށެވެ.
އަމްރު ވަކި ކުރަން ނިންމި އިރު ރޭ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދިނުމަށް ހަމަޖެހިފައި އޮތް "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އަމްރުގެ އިންޓަވިއު ނެގި ނަމަވެސް ވަނީ އެ ޕްރޮގްރާމް ރީޝެޑިއުލް ކޮށްފައެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ނާކާމިޔާބު ވުމުން އެމްޑީޕީގެ އެތެރޭގެ ހިޔާލު ތަފާތުވުންތައް ގިނަވެ ޕާޓީ ދެ ފެކްޝަނަކަށް ބެހިފައިވާ މިދަނޑިވަޅުގައި އަމްރު ތާއިދު ކުރަށްވަނީ އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށެވެ.
ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މަތީ މަގާމެއްގައި ހުންނަވާ އަމްރު، ރައީސް ނަޝީދު އަށް ތާއީދު ކުރައްވާ އިރު ސަރުކާރާ ދެކޮޅަށް ނިކުތުމުން ރައީސް ސޯލިހުއަށް ތާއީދު ކުރާ ބޭފުޅުން ވަނީ ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައެވެ.
މިއަދު އަމްދު ވަކިކުރަން ޕީސީބީއަށް ފޮނުވި އިރު އަމްރުގެ އަނބިކަނބަލުން އަފްޝަން ލަތީފު ހުންނެވީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ސީއީއޯގެ މަގާމުގަވެ.
މީނާ ވަކިކުރުން މާ ލަސްވެސް ވެއްޖެއެވެ. މީނައަކީވެސް ހިނދުކޮޅު އަންނަ މީހެކެވެ. ވީމާ މިމީހުން ތިބޭނީ އަންނި ފަޅީގައެވެ.
ކާންދޭ އަތް ނޭގުނީމާ ވާންވީ ތިހެން! ދެން ބަލާނަން ރިސޯޓްތަކަށް ގޮސް ހިނދުކޮޅު ގެނެވޭތޯ!