ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް ވެރިކަން ހޯދަދޭން އުޅޭއިރު ދައުރުގެ ތެރޭގައި ގާސިމް އަވަހާރަވާ ވާހަކަ ކެނޑިނޭޅި ދައްކާ ކަން ފާހަގަކުރައްވާ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ފާޑުވިދާޅުވެއްޖެއެވެ.

ރޮޒައިނާ އެފަދައިން ވިދާޅުވެފައި ވަނީ އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫން، ރަނިން މޭޓަކަށް ހަމަޖެއްސުމަކީ ވުން އެކަށީގެންވާ ކަމެއް ކަމަށް ގާސިމް ވިދާޅުވުމާ ގުޅިގެން ހަސަން ކުރުސީގެ އެކައުންޓުން ކުރި ޓްވީޓަކާ ގުޅިގެންނެވެ.

[އެ ޓްވީޓުގައި ބުނެފައިވަނީ ގާސިމަކީ ބަލި ބޭފުޅެއް ކަމަށާއި އެ ބޭފުޅާގެ ހިތުގެ މައްސަލަތައް ވެސް ހުންނަ ކަމަށެވެ. އެހެންކަމުން ނައިބު ރައީސްއަކަށް ލާންވާނީ އެކަން ކުރަން އިތުބާރުކުރެވޭ ބޭފުޅެއް ކަމަށާއި އެ މަގާމަށް ލާން ވަނީ އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫނާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ނޫން ކަމަށް ހަސަން ކުރުސީ ވަނީ ލިޔެފައެވެ.]

ކުރުސީގެ ޓްވީޓްގެ ސްކްރީންޝޮޓެއް - މި އެކައުންޓަކީ އަންނި ފެކްޝަނާ ގުޅުންހުރި ބަޔަކު އޮޕަރޭޓް ކުރާ އެކައުންޓެއް

އެކަމާ ގުޅިގެން ރޮޒައިނާ ވިދާޅުވީ މި މީހުންގެ ވިސްނުން ހުރިގޮތް، މިވަރުން އެނގޭ ކަމަށާއި [ކޮންމެ މީހަކަށްވެސް އެނގޭނެ ކަމަށް] އެއްކޮޅުން ގާސިމް ވެރިކަމަށް ގެންނަން މަސައްކަތް ކުރާއިރު އަނެއްކޮޅުން ދައުރުގެ ތެރޭގައި ގާސިމް އަވަހާރަވާ ވާހަކަ ކެނޑިނޭޅު ދައްކަވަމުން ގެންދާ ކަމަށެވެ. އަދި މީހަކު ދައުރުގެ ތެރޭގައި އަވަހާރަވޭތޯ އުއްމީދު ކޮށްގެން ވެރިކަމަށް ގެންނަން މަސައްކަތް ކުރާތަން ވެސް އެންމެ ފަހުން ފެންނަމުން ދާ ކަމަށް ރޮޒައިނާ ވިދާޅުވެ ވަނީ އަންނި ފެކްޝަނަށް ޖޯކް ޖައްސަވާފައެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެމްޑީޕީ އިން ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ފަހު އެ ޕާޓީގެ ތެރެއިން ފިކުރެއްގެ ދިރުމުގެ ނަމުގައި ގޮތްޕެއް ހެދުމުގެ މަސައްކަތް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާއިރު އެ ގޮތްޕާއި ޖޭޕީ ގުޅިގެން ސިޔާސީ މަސައްކަތް ކުރުމަށް ދަނީ މަޝްވަރާ ކުރަމުންނެވެ.

އެގޮތުން ޖޭޕީއާއި ފިކުރެއްގެ ދިރުމުގެ މެނިފެސްޓޯއެއް އެކުލަވާލުމާ ހިސާބަށް އެ މަޝްވަރާތަށް ވަނީ ގެންގޮސްފައެވެ.