މި ފެށޭ ރޯދަމަހުގެ މެންދުރު ފަހުގެ ވަގުތުތަކުގައި ބާޒާރުމަތީ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލަުތަކެއް ގެންނާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ރޯދަމަހު އެއްގަމު އުޅަނދު ޕާކް ކުރެވޭނެ ސަރަހައްދުތަކަކާއި، ހަތަރު ފުރޮޅުލީ އުޅަނދު ވަނުން މަނާ ސަރަހައްދުތަކާއި، އެއްގަމު އުޅަނދު ޕާކް ކުރުން މަނާ ސަރަހައްދުތަކަކާއި، މުދާ އަރުވާ ބޭލުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުތަކެއް ހަމަޖައްސާފައިވާ ކަަމަށެވެ. މި ބަދަލާ އެއްގޮތަށް ޓްރެފިކް ފްލޯއަށް ގެންނަ ބަދަލަށް އަމަލު ކުރާނީ ކޮންމެ ދުވަހެއްގެ މެންދުރު ފަހު 1:15 އިން ފެށިގެން އިރުއޮއްސުމާ ދެމެދުގެ ވަގުތުތަކުގައި ކަމަށް ފުލުުހުން މައުލޫމާތު ދެއެވެ.

އެ ވަގުތުތަކުގެ ތެރޭގައި ހަތަރު ފުރޮޅުލީ އުޅަނދުތަަކަށް ނުވަދޭ ގޯޅިތަކުގެ ތެރޭގައި ކެނދިގަސް ހިނގުމާއި، އާބުުރުޒު ހިނގުމާއި، މުހައްމަދު އިސްމާއިލް ދީދީ ގޯޅި، މޫސާ އިބްރާހިމް ދީދީ ގޯޅި ހިމެނެއެވެ.

ރޯދަމަހު ބާޒާރުމަތީގެ ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލު ދައްކައިދޭ ޗާޓް

ބާޒާރުމަތީ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެންނަ ބަދަލުތަކުގެ ތެރެއިން އެއްގަމު އުޅަނދު ޕާކް ކުރެވޭ ސަރަހައްދުތަކުގައި އުޅަނދު ޕާކް ކުރެވޭނީ، އެ ވަގުތުތަކުގަައި އެ ސަރަހައްދަށް ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އެކަނި ކަަމަށް ފުލުހުން ބުނެއެވެ. އެ ގޮތުން ބޮޑުތަކުރުފާނު މަގުގެ އެއްނަންބަރު ޖެޓީ ކައިރިން ބާޒާރު ސަރަހައްދަށް ދާއިރު، އެމްއެމްއޭ ކުރިމަތިން އުޅަނދުތައް ޕާކް ކުރުމަށް ހާއްސަކޮށްފައިވާ ޒޯނެއް ވަނީ ކަނޑައަޅާފައެވެ. ހަމައެއާއެކު ހައިކޯޓް ޕާކިޓް ލޮޓް ސަރަހައްދު ވެސް ވަނީ އެއްގަމު އެޅަނދު ޕާކް ކުރެވޭ ގޮތަށް ހަމަޖައްސާފައެވެ.

މީގެ އިތުރުން ވެސް އެއްގަމު އުޅަނދު ޕާކް ކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި، ބާޒާރުމަތީ ސަރަހައްދުގެ ބޭރު ތޮށިގަނޑު ކައިރީގައި ހަދާފައިވާ ޕާކިން ޒޯން ބޭނުން ކުރެވޭނެއެވެ.

ފުލުހުން ވަނީ ރޯދަމަހު ބާޒާރު ސަރަަހައްދު ތްރެފިކް ޕްލޯއަށް ގެންނަ ބަދަލުތަކުގެ ތަފްސީލް ހާމަކޮށް ޗާޓެއް ނެރެފައެވެ. އެ ޗާޓުގައި ލޯކަލް މާރުކޭޓާއި މަސްމާރުކޭޓް ވަށައިގެން ރީނދޫކުަލައިން ފާހަގަކޮށްފައިވާ ސަރަހައްދަކީ އެއްގަމު އުޅަނދު ޕާކް ކުރުން މަނާ ސަރަހައްދެވެ. އަދި ގަދަ ނޫކުލައިން ފާހަގަކޮށްފައިވާ ސަރަހައްދަކީ މުދާ އަރުވާ ބޭލުމަށް ހާއްސަކޮށްފައިވާ ސަރަހައްދެވެ.