ސެޓެލްކޯއިން ކ.ހިންމަފުއްޓަށް ގެންދިޔަ އާ ޖަނަރޭޓަރު ސެޓާއެކު އެ ރަށުގެ ކަރަންޓުގެ ކެޕޭސިޓީ 2050 ކިލޯވޮޓަށް އިތުރު ވެއްޖެއެވެ.

ސްޓެލްކޯއިން ބުނީ، ހިންމަފުށީގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް އެ ރަށުގައި ދެމުންގެންދާ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި މިހާރު 800kW ގެ އާ ޖަނަރޭޓަރު ސެޓެއް އެރަށަށް ފޮނުވާފައިވާ ކަމަށާއި އެ ކޮމިޝަންކޮށް ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

އެއާއެކު މާޅޮހުގެ ކަރަންޓް ކެޕޭސިޓީ 1450kW އިން 2050kW އަށް އިތުރުވެއްޖެ ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ހިންމަފުށީގައި ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތްތައް ކުރިއަށް ދާއިރު ސްޓެލްކޯ އިން ދަނީ އެކުންފުނީގެ ބެލުމުގެ ދަށުގައި ހުރި އެހެނިހެން ރަށްރަށުގައިވެސް ކަރަންޓު ނެޓްވޯކްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

މީގެ އިތުރުން ރަށްރަށުގެ ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯއިން ގިނަގުނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރެވޭއިރު މިދިޔަ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހު ސްޓެލްކޯއިން ވަނީ ސްޓެލްކޯގެ ސްޓެވޯގެ ނަމުގައި ޖަނަރޭޓަރަށް ހާއްސަ ވޯޓްޝޮޕެއްވެސް ހުޅުވާފައެވެ.

އެގޮތުން އެ ވޯކްޝޮޕުން އެސެމްބަލްކޮށްފައިވާ ފުރަތަމަ ޖަނަރޭޓަރުސެޓް އދ. ހަންޏާމީދޫއަށް ގެންގޮސްފައިވާއިރު ވ. ތިނަދޫއާއި ފުލިދޫއާއި އއ. ތޮއްޑޫއާއި އދ. ދިގުރަށަށް ވެސް އޭގެ ޖަނަރޭޓަރު ސެޓު ވަނީ ފޮނުވާ، ބޭނުން ކުރަން ފަށާފައެވެ.