ކުރިއަށް އޮތް ރޯދަމަހަށް ހާއްސަ ކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގަ ގާއިމު ކުރުމަށް ހަމަޖެހިފައިވާ ވަގުތީ މާރތކޭޓުގެ ގޮޅިތަކަށް ކުރިމަތި ލުމުގެ ފުރުސަތު މި ފެށޭ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އެޅުމަށް ހަމަޖެހިފައިވާ މި މާރުކޭޓުގެ ގޮޅިތަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ ގިނަވެގެން 50 ދުވަހުގެ މުއްދަތަކަށެވެ. ގޮޅިތަށް ދުޚުރުމާ ބެހޭ އުސޫލުގައި ވާގޮތުން ގޮޅިތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ރަށްވެހިންނަށާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އެކަނިއެވެ. ގޮޅި ކުއްޔަށް ދިނުމާއި އެހެން ފަރާތަކަށް މަންފާ ލިބޭ ގޮތަށް ދީގެން ގޮޅި ހިންގުމާއި، ބިދޭސީންނާ ހަވާލުކޮށްގެން ގޮޅީގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާ ކަމެއް ކަމުގައި ސިޓީ ކައުންސިލުން ބުނިއެވެ.
އެގޮތުން މި އުސޫލުގެ މަތިން ކަންކަން ކުރަމުންދޭތޯ ބަލަުމުންދާނެ ކަމަށާއި އަދި އުސޫލާ ހިލާފުވެއްޖެ ނަމަ 200 ރުފިޔާ އާއި 500 ރުފިޔާ އާ މެދުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ ކަމެއް ތަކުރާރު ކޮށްފިނަމަ އިތުރު ފުރުސަތަކާ ނުލާ ގޮޅިން މުދާ ހުސްކުރުމަށް އަންގާ ގޮޅި ވަކި ކުރުމުގެ ނޯޓިސް ދެވޭނެކަމަށްވެސް ކައުންސިލުން މައުލޫމާތު ދިނެވެ.
މި މާރުކޭޓު ގޮޅިތަށް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން ހުޅުމާލޭ އަމީން އެވެނިއު މޭޕްލް ބިލްޑިންގ ގެ 1 ވަނަ ފަންގިފިލާގައި ހުންނަ އެކައުންސިލްގެ ހުޅުމާލޭ ސެކްޝަނުން ދޫކުރާ ގޮޅިއަށް އެދޭ ފޯމް ފުރުމަށް ފަހު އަންނަމަހުގެ 11ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޯމް ހުށަހަޅަންޖެހެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިފަދަ މާރުކޭޓޭއް ރޯދަ މަހާ ދިމާކޮށް ހުޅުވުމެގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ހިސާބުގައި ދިރިއުޅޭ ފަރާތްތަސް ބޭނުންވާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް ފަސޭހަކަމާއެކު ގަންނަން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން ކަމުގައި ކައުންސިލުން މައުލޫމާތު ދިނެވެ.