މަަސްތުވުމަށް ތަފާތު އެކި ބޭސްތަކާއި ވަސީލަތްތައް އީޖަދުކޮށް ހޯދާ ހަދާ އިރު މިފަހުން އާންމުވެގެން އުޅޭ ބޭހެން ބޭނުން ކުރުމުގެ ސަބަބުން އިންސާނުން ޒޮންބީތަކަކަށް ބަދަލުވާ ކަމަށް ރިޕޯޓު ކޮށްފިއެވެ.

ލެބްތަކުގައި ތަރައްގީ ކުރާ ޒައިލަޒީން ކިޔަ ބޭހެެއް އެހެން ބޭއްސްތަކާ އެއްކޮށް މައްސުނި ކޮށްގެން ބޭނުން ކުރުމުން އޯވާޑޯޒްވެ 2021 ގައި އެމެރިކާގައި 2،668 މީހަކު މަރުވެފައި ވެސް ވެއެވެ.

މި ޒައިލަޒީން އަށް ފެންޓަނީލް ކިޔާ މާއްދާއެއް އެއްކޮށް ބޭނުން ކުރުމުން، މީހުން ޒޮމްބީތަކަކަށް ބަދަލުވެ މަގުމަތީގައި ގޮތްގޮތައް ލެނބި ގާ އަރާފައި ތިބޭތަން އާންމުވެފައި ވާ ވީޑިއޯ ކްލިޕްތަކުން ފެނެއެވެ.

އޯވާޑޯޒްވެ ވެ މަގުމައްޗަށް ބެންޑުވެފައި އެކަކު އޮތް އިރު ދެވަނަ މީހަކު މައްޗަށް ހުއްޓިފައި

ވަލުޖަނަވާރާއި، އޮޅު ޖަނަވާރަށް ދިނުމަށް އެމެރިކާގެ އެފްޑީއޭއިން ހުއްދަ ދީފައިވާ ޒައިލަޒީން އަކިީ އެތަކެެއްޗަށް ފަރުވާ ދިނުމަށާއި އެތަކެތީގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިކޮށްދިނުމަށް އުފައްދާފައި ހުންނަ ބޭހެކެވެ. އަދި މިއީ އިންސާނުން ބޭނުން ކުރުން މުޅިން މަނާ ބޭހެކެވެ.

މި ބޭސް އިންސާނުން ބޭނުން ކުރުމުން އޯވަޑޯޒްވެ ފުރާނައަށް ނުރައްކާވާ އިރު، އޯވަޑޯޒް ވުމުން ދޭ ނަލޮޒޯން އާއި ނާކެން ފަދަ ބޭސްތަކަށްވެސް ދެން ނުގުޑައެވެ. ނުވަތަ ހަށިގަނޑު ރެސްޕޮންޑެއް ނުކުރެއެވެ.

އޯވާޑޯޒްވެ ވެ ސިފަ ގެއްލި މީހާގެ ހަށިގަނޑުގައި ޒަހަމްތައް އުފެދިފައި

މި ބޭސް ބޭނުން ކުރުމުން އާދަޔާ ހިލާފަށް ނިދުމާއި ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ އިތުރުން ހަށިގަނޑުގައި ޒަހަމެއް ނުވަތަ ފަސޭހަ ނުވާ ފާރުކޮޅެއް ހުރި ނަމަ އެތަނެއް އިތުރަށް ގޮސްވެ ހަށިގަނޑަށް ފެތުރިދާކަމަށް ހޯދުންތަކުން ދައްކައެވެ. އަދި ފަރުވާ ނުކުރެވި ދާ ނަމަ، ހަށިގަނޑުގެ ހަންގަނޑު މަރުވެ އަޑިން މަސްގަނޑު ވިރި ވަޅުގަނޑުގަނޑު ހެދެއެވެ.

މި ބޭސް ބޭނުންކޮށް ފަހުން ފަރުވާ ލިބިގަން 28 އަހަރުގެ ޒުވާނަކު ބުނެފައި ވަނީ އޭނާގެ ހަށިގަނޑުގައި މީގެ ކުރިން ފާރުކޮޅުކޮޅާއި ލަކުނު ނުހުންނަ ކަމަށާއި ނަމަވެސް މިހާރު ފަޔާއި އަތުގައި ލޯވަޅު (ވަޅުގަނޑު) ހެދިފައި ހުރި ކަމަށެވެ.

އެެމެރިކާގައި މި ބޭސް ބޭނުންކޮށްގެން އެންމެ ގިނަ ބަޔަކު ރިޕޯޓު ކުރަނީ ފިލަޑެލްފިއާއިންނެވެ. އާންމުވެފައި ވާ ވީޑިއޯ ކްލިޕަކުންވެސް ފެންނަނީ ފިލަޑެލްފިއާގެ މަގުމަތީގައި ބެންޑް (ގުދުވެފައި) ވެ ގުޑާ ނުލެފައި އޮންނަ މީހަކާއި، ކަކުލުން ލެނބި މައްޗަށް ބަލަހައްޓައިގެން ފަހަތަށް ފަހަތަށް ދާ އަންހެނަކާއި، އިރުގަނޑެއް ވާންދެއްން ހުއްޓުންއަރާފައި (ހުއްޓިފައި) ހުންނަ ފިރިހެނެކެވެ.