މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ލ.މާވަށުގެ ދެކުނުން ހަތް ނޯޓިކަލް މޭލު ބޭރުން މަސްވެރިކަމަށް ނިކުމެ އުޅުނު "ނޫރު-2" ނަމަކަށްކިޔާ ދޯންޏެއްގައެވެ.
މިކަމުގެ މައުލޫމާތު ހޯދާލުމަށް "ދަ ޕްރެސް" އިން އެމްއެންޑީއެފް އިން ބުނީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އެކަމަކު އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.