ހިޓާޗީގެ ދޮންނަމެޝީނާއި ފްރިޖްގެ އާ އުފެއްދުންތަކެއް އެސްޓީއޯއިން ބާޒާރަށް ނެރެފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އުފެއްދުންތައް ތައާރަފްކޮށް ދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާން އާއި ހިޓާޗީ ހޯމް އެޕްލައަންސްގެ ޑިރެކްޓަރު ސޭލްސް، ޓަރުން ޖައިން އެވެ.

ދިވެހިންގެ މެދުގައި މަގުބޫލު، އިތުބާރު ލިބިފައިވާ ހިޓާޗީގެ އުފެއްދުންތަކުގެ ތެރެއިން މި ފަހަރު އެސްޓީއޯއިން ތައާރަފްކުރި އުފެއްދުންތަކުގެ ތެރޭގައިވެސް، އާ ފީޗާތަކާއެކު އުފައްދާފައިވާ ފްރިޖާއި، ދޮންނަ މެޝިނާއި، މައިކްރޯވޭވް އަވަން އަދި ޗެސްޓް ފްރީޒާ ހިމެނެއެވެ.

އެސްޓީއޯ އިން މިތަކެތި ބާޒާރަށް ނެރެފައި މި ވަނީ އާންމުން މިފަދަ ތަކެތި އެންމެ ގިނައިން ގަންނަ ދުވަސްވަރާ ދިމާކޮށެވެ. އެގޮތުން ކުރިއަށް އޮތް ރަމްޟާން މަހާ ދިމާކޮށް ފްރިޖާއި ދޮންނަމެޝީނާއި މައިކްރޯވޭވް އަވަން އާ ކުރަން ނުވަތަ ގަންނަން ބޭނުންވާ ފަރާތްތަކަށް މިއީ ރަނުގެ ފުރުސަތެކެވެ.