މާލޭ ގެއަކަށް ވައްކަން ކުުރަން ވަން މީހާއާއެކު ބެލްކަނި ވެއްޓި އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، ރޭގެ ވަގުތެއްގައި މާލޭގެ ގެއެއްގެ ބެލްކަނި ވެއްޓިފައިވަނީ ވައްކަން ކުރަން އެގެއަށް ވަތްމީހަކު ބެލްކަނިން ފުންމާލި ވަގުތު ކަމަށެވެ.

މި ހާދިސާ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭގެ 23:29 ހާއިރުކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ، އެ މިހާއަށް އާނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށާއި އަދި މި މައްސަލަ ފުލުހުން ތަހުގީހު ކުރަމުންދާ ކަމަށެވެ.

ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާއިރު ދާދި ފަހުން މީރާގެ މައި އޮފީސް ފަޅައިލާ 25 ރުފިޔާ ވަގަށް ނެގި މީހަކު 3 މަސް ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަން ކުރުމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 362 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.