ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި އިމާރާތްތަކުގެ ދަށުވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކަށް އެގައުމުގެ ސްކޫލެއްގެ ޒުވާން ވޮލީޓީމުގެ މެންބަރުންތަކެއް ފެނިއްޖެއެވެ.

ދެ ޓީޗަރަކާއި ދަރިވަރެއްގެ ހަށިގަނޑު ފެނިފައި ވާއިރު އަދި ނުފެންނަ 32 ކުދިންނާއި އޮފިޝަލުން ހިމެނެއެވެ. ހަބަރުތައް ބުނާގޮތުން ޖުމްލަ 39 މީހުން (ފިރިހެން ދަރިވަރުންނާއި އަންހެން ދަރިވަރުންގެ އިތުރުން ޓީޗަރުންނާއި އޮފިޝަލުން) ހިމެނޭ ގޮތަށް، ތުރުކީން ކޮންޓްރޯލް ކުރާ ސައިޕްރަސްގެ އުތުރުގައި އޮންނަ އަދިޔަމަން އަށް ދިޔައީ ތަމްރީން ހޯދުމުގެ ދަތުރެއްގައެވެ. ޓީމާއި އޮފިޝަލުން ތިބީ އެ ޕްރޮވިންސްގައި ހުންނަ 7 ބުރީގެ އިސާއިސް ހޮޓަލުގައެވެ.

ބިންހެލުމުގައި މުޅި އިމާރާތް ބިމާ ހަމަވި އިރު، 4 މީހަކު އެގޮތް މިގޮތުން ފުރާނަ ސަލާމަތް ކޮށްގެން ގާކުނޑީތަކުގެ ދަށުން ނުކުން ނަމަވެސް ބާކީ މީހުންނަށް ވީގޮތެއް އަދި ސާފެއް ނުވެއެވެ.

ސްކޫލް ފިރިހެން ވޮލީ ޓީމާއި އޮފިޝަލުން

މިހާދިސާއާ ގުޅިގެން ދަރިވަރުންގެ އާއިލާތަކުން ކަނބޮޑުވެ، ކަރުނަ އަޅަމުން ދާއިރު، އިމާރާތް ވެއްޓުނު ސަރަހައްދަށް އެކުދިންގެ އާއިލާތަކާއި ރެސްކިއު މަސައްކަތުގައި ހަރަކާތްތެރިވާ އޮފިޝަލުން ހިމެނޭހެން ޖުމްލަ 170 މީހަކު މިހާރު ގޮސްފައި ވާކަމަށް ހަބަރުތައް ބުނެއެވެ.

ފަމަގުސްތާ ޓާކިޝް މައާރިފް ކޮލެޖްގެ އޮފިޝަލަކާ ހަވާލާދީ ހަބަރުތައް ބުނާގޮތުން، އެމީހުން އެ ސަރަހައްދު ދޫކޮށް ދާނީ ދަރިވަރުންނާއި އޮފިޝަލުންނަށް ވީގޮތެއް ރަނގަޅަށް އެނގުމުންނެވެ. ނުވަތަ އެ ދަރިވަރުން ފެންނަން ދެން ތިބޭނެއެވެ.

އެ ތަނަށް އެއްވެފައި ތިބި އެ ކުދިންގެ މައިންބަފައިން، ތަފާތު ސުވާލުތައް ކުރިމަތި ކުރަމުން ދާ އިރު، އޭގެ ތެރެއިން އެކަކު ބުނެފައި ވަނީ އިމާރާތްތައް ހަދާފައި ހުންނަނީ ރަނގަޅަށް ބަލައި ޒިންމާދާރު ކުރެވޭ ގޮތަށްތޯއެވެ. އެހެން ބެލެނިވެރިއަކު ބުނީ، އޭނާގެ ތިމާގެ ކުއްޖެއް ކަމަށްވާ ނެހިރް އިންނަނީ އޭނާ އާއެކު އެ ޕްރޮވިންސުގައި ކަމަށާއި، އެދުވަހު ހޮޓަަލަށް ދިޔައީ ޓީމާ ގުޅެން ކަމަށެވެ.

ނެހިރް އަކީ އަންހެން ވޮލީޓީމުގެ އެންމެ ހަގު މެންބަރަށް ވާއިރު އޭނާވެސް އަދި ފެނިފައެއް ނުވެެއެވެ.

ސަލާމަތްވި 4 މީހުންގެ ތެރޭގައި ހިމެނޭ ޓީޗަރަކު ބުނީ، އެ ބިރުވެރި ހާދިސާއާ ގުޅިގެން އަދި ނުނިދޭ ކަމަށާއި، އޭނާގެ ދަރިފުޅުވެސް ވީ އެ އިމާރާތުގެ ދަށުގައި ކަމަށެވެ.

މިދިޔަ ހޯމަދުވަހަށް އަލިވިލެން ދަނިކޮށް ރިކްޓާ މިންގަނޑުން 7.8 ގައި ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރުގެ ޕްރޮވިންސެއް ކަމަށް ވާ ގާޒިއަންޓެޕް އަށް އައި ބާރުގަދަ ބިންހުލުމަކީ މީގެ 100 އަހަރު ކުރިން ތުރިކީއަށް އައި ވަރުގެ ބާރުގަދަ ބިންހެލުމެކެވެ. އެ ބިންހެލުމުގައި 30،000 މީހުން މަރުވެފައި ވާ އިރު، މި ފަފަހަރުގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 21،000 އަށް އަރާފައެވެ.