ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ފަލަސްތީނުގެ ބޮޑުވަޒީރު ޑރ. މުހައްމަދު މުސްތަފާއާ ބައްދަލުކުރައްވައިފިއެވެ.
މި ދެ ބޭފުޅުން ބައްދަލު ކުރައްވާފައި ވަނީ އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާގެ ބައިވެރިންގެ 31 ވަނަ ކޮންފަރެންސް (ކޮޕް31)ގައެވެ.
ތުރުކީވިލާތުގެ އަންތާލިޔާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ފަލަސްތީނުގެ ފޮރިން އެފެއާޒް އެންޑް އެކްސްޕެޓްރިއޭޓްސް މިނިސްޓަރު ޑރ. ވަރްސެން އަޣާބެކިޔާން ޝާހީން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖެއިން އަބަދުވެސް އަންނަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ވަކާލާތުކޮށް، އެ ގައުމުގެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ދެމިއޮންނާނެކަން ހާމަކުރަމުންނެވެ. ރާއްޖެއިން ވަނީ ގާޒާ އަލުން ބިނާކުރުމުގެ މަސައްކަތަށް އެހީވާން ތައްޔާރަށް އޮތް ކަންވެސް ހާމަކޮށްފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެެއްބަސްވުމަށް ފަހު ވެސް އިޒްރޭލުގެ ސަރުކާރުން ދަނީ ހުއްޓުމެއް ނެތި ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ސިލްސިލާ ހަމަލާތަކެއް ދެމުންނެވެ. އެ އެއްބަސްވުމަކަށް އަމަލުކުރަން ފެށިތާ އަހަރެއްވީ ނަމަވެސް 1000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ބޭރުގެ ރިޕޯޓުތައް ދަނީ ބުނަމުންނެވެ.
އިޒްރޭލުން ގާޒާއަށްށް ހިޔާވަހިކަމާއި އިމާރާތްކުރުމުގެ ތަކެތި ވަނުމުގެ ހުއްދަ ނުދޭތީ، އާބާދީގެ ގިނަ މީހުން މިހާރު ދިރިއުޅެނީ ޓެންޓް ކޭމްޕްތަކުގައެވެ.
