ރޮމޭނިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާ އޮނަރަރީ ކޮންސުލްގެ މަގާމަށް އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އައްޔަން ކޮށްފިއެވެ.
މި މަގާމުގެ ފަތްކޮޅު އިއްޔެ ހެނދުނު ސަން ސިޔާމަށް އަރުވާފައި ވާއިރު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މިކަން ފާހަގަކޮށް ޓްވީޓް ވެސް ކުރައްވާފައެވެ.
ފޮރިން މިނިސްޓަރު ވިދާޅުވީ ސަން ސިޔާމް މި މަގާމަށް އައްޔަން ކުރުމުން ރާއްޖެއާ ރޮމޭނިއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެން ދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ސަން ސިޔާމްއަށް ރޮމާނިއާގެ އޮނަރަރީ ކޮންސުލްގެ މަގާމް ދީފާވާއިރު ސަން ސިޔާމް އަންނަނީ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުންނެވެ. އެއާއެކު ގިން ބަޔަކު އަންނަނީ ސަން ސިޔާމްއަށް މި ދެ މަގާމް އަދާ ކުރެވޭނެތޯ ސުވާލު އުފައްދަމުންނެވެ.
ސަން ގުރޫޕުގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މިދިޔަ އަންގާރަ ދުވަހު ރައީސް އޮފީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލު ކުރައްވާފައިވަނިކޮށް މި މަގާމަށް ސަން ސިޔާމް އައްޔަން ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.
ސަން ސިޔާމް ވަނީ މިއަހަރު ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ބައިވެރިވާނެކަން އިއުލާން ކުރައްވާފައެވެ.
ކޮބާ މީނަގެ ތަޢުލީ ފެންވަރަކީ