މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދުގެ އުފަން ރަށުގައި ބައްޕާފުޅުގެ ހަނދާނުގައި އެޅި މިސްކިތް މިއަދު ހުޅުވައިފިއެވެ.

ނ. ކުޑަފަރީގައި ބިނާ ކުރި މި މިސްކިތަކީ ޝިޔާމްގެ ހަރަދުގައި ބިނާކުރި 150 މީހުންގެ ޖާގައިގެ މި މިސްކިތެކެވެ. މިއީ ދިވެހީންގެ ގަދީމީ ތާރީހާއި ސަގާފަތާއި ދިވެހީންގެ މަސައްކަތްތެރިކަމުގެ ތެރޭގައި ހިމެނޭ ހިރިގަލުގެ ވަޑާމާއި ލަކުޑީގެ ވަޑާމާއި ލިޔެލާޖެހުމުގެ މަސައްކަތްތެރިކަމުގެ ފަންނާއި ހުނަރު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ހުންނާނެހެން ބިނާކޮށްފައިވާ މިސްކިތެކެވެ.

ޝިޔާމް ބިނާ ކުރެއްވި މިސްކިތް

މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު ޝިޔާމްގެ ހަރަދުގައި ބިނާކުރި މި މިސްކިތުގެ ނަން ނިސްބަތް ވަނީ ސިޔާމްގެ ބައްޕާފުޅަށެވެ. އެ މިސްކިތުގެ ނަމަކީ "މަސްޖިދު މުހަންމަދު ގާސިމް" އެވެ.

މި މިސްކިތް ބިނާކޮށްފައި ވަނީ ކުޑަފަރީގެ ބަނދަރުމަތީގައެވެ.