ފެމިލީ ކޯޓުން މިދިޔަ އަހަރު 2514 ކައިވެންޏާއި 1346 ވަރިކޮށްދީފައިވާ ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެ ކޯޓުގެ ތަފާސް ހިސާބުތަކުއް ދައްކާ ގޮތުގައި ރާއްޖެއިން ބޭރުގައި ކޮށްފައިވާ ކައިވެނި ރަޖިސްޓަރީ ކުރުމަށް 2021 ވަނަ އަހަރު ނިމުނުއިރު 24 މައްސަލައެއް ހުށަހަޅާފައި ވާއިރު މިދިޔަ އަހަރު ވަނީ 176 މައްސަލައެއް ހުށަހަޅާފައެވެ. އަދި އޭގެ ތެރެެއިން 184 ކައިވެނި ވަނީ ރަޖިސްޓްރީ ކޮށްދީފައެވެ.
2021 ވަނަ އަހަރު އެއް މައްސަލައާއި 2022 ވަނަ އަހަރު 20 މައްސަލައެއް ވަލީ ހޯދުމަށް އެދި ފެމިލީ ކޯޓަށް ހުށަހަޅާފައި ވާއިރު އޭގެ ތެރެއިން 18 މައްސަލައެއް ވަނީ ނިންމާފައެވެ. ވަރިވުމަށް އެދި 2021 ވަނަ ނިމުނުއިރު، ނުނިމިއޮތް 134 މައްސަލައަކާއި 2022 ގައި 660 މައްސަލައެއް ހުށަހަޅާފައި ވާއިރު 698 މައްސަލައެއް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ވަރި ކުރުމަށް އެދި 2021 ވަނަ އަހަރުގެ 38 މައްސަލައަކާއި 2022 ވަނަ އަހަރުގެ 312 މައްސަލައަކާއެކު ޖުމްލް 329 މައްްސަލައެއް ވަނީ ނިންމާފައެވެ.
ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނުނުގެ ދަށުން ފެމިލީ ކޯޓަށް 2022 ވަނަ އަހަރު 66 މައްސަލައެއް ހުށަހެޅިއިރު 2021 ވަނަ އަހަރުގައި ހިމެނޭ 8 މައްސަލައަކާއެކު 72 މައްސަލައެއް ބަލާ ނިންމިއެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނުނުގެ ދަށުން 2022 ވަނަ އަހަރު 56 މައްސަލައެއް ހުށަހަޅާފައި ވާއިރު އޭގެ ތެރެއިން 54 މައްސަލައެއް ނިންމާފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެއެވެ.
ފެމިލީ ކޯޓުން ބުނީ ދަރިންގެ ހަރަދު ކެނޑުމަށް އެދި 9 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅި ކަމަށާޢި އެ ހުރިހާ މައްސަލައެއް ބަލާ ނިންމާފައިވާ ކަމަށެވެ. އަދި ދަރިންގެ ހަރަދު ހޯދުމަށް އެދި 2022 ވަނަ އަހަރު ހުށަހެޅި 30 މައްސަލައަކާއި 2021 ވަނަ އަހަރުގެ 3 މައްސަލައަކާއެކު 27 މައްސަލަ އެ ކޯޓުން ބަލާ ނިންމިއެވެ.
2022 ވަނަ އަހަރު ފެމިލީ ކޯޓުން ދިން ހިދުމަތްތަކާ ގުޅިގެން ލިބިފައިވާ އާމްދަނީއަށް ބަލާއިރު ކޯޓުން ދޭ ހިދުމަތްތަކާ ގުޅިގެން އާމްދަނީގެ ގޮތުގައި 3،248،839.39 ރުފިޔާ ލިބުނުއިރު ގަޒިއްޔާތަކާ ގުޅިގެން އާމްދަނީގެ ގޮތުގައި ލިބުނު ޖޫރިމަނާގެ ފައިސާ ގެ އަދަދަކީ 1،941،274.00 ރުފިޔާއެވެ. އަދި ޖުމްލަ 5،190،113.39 ރުފިޔާ ލިބިފައިވެއެވެ.
ގަޒިއްޔާތަކާ ގުޅިގެން ފެމިލީ ކޯޓަށް ބަލައިގެންފައިވާ ފައިސާގެ ތަފާސްހިސާބު:
- ދަރިންގެ ހަރަދުގެ ގޮތުގައި ކޯޓަށް ބަލައިގެން ފައިސާގެ އަދަދު: 39،681،965.89 ރުފިޔާ
- އަނބިމީހާގެ ހަރަދުގެ ގޮތުގައި ކޯޓަށް ބަލައިގެންފައިވާ ފައިސާގެ އަދަދު: 8000.00 ރުފިޔާ
- އިއްދައިގެ ހަރަދުގެ ގޮތުގައި ބަލައިގެން ފައިސާގެ އަދަދު: 2،555،589.87 ރުފިޔާ
- ތަރިކައިގެ މައްސަލަ ތަކުގައި ކޯޓަށް ބަލައިގެން ފައިސާގެ އަދަދު: 7،107،919.96 ރުފިޔާއާއި 24،967.69 ޑޮލަރު
- ގަޒިއްޔާތަކާ ގުޅިގެން ބަލައިގެން އެހެނިހެން ފައިސާ އަދަދު: 411،254.99 ރުފިޔާ
ގަޒިއްޔާތަކާ ގުޅިގެން ފެމިލީ ކޯޓަށް ބަލައިގެންފައިވާ ޖުމްލަ ފައިސާގެ އަދަދަކީ 49،764،730.81 ރުފިޔާއާއި 24،967.69 ޑޮލަރެވެ.
ގިނައީ ބޮންދުން ދިވެހިންނާއި އިން ޢަދަދުބާ؟