33 މިލިއަނަށް ވ. ފެލިދޫއާއި ވ. ކެޔޮދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ހަވާލުކޮށްފިއެވެ.
އެ ދެ މަޝްރޫއު މިއަދު ޕްލޭނިން މިނިސްޓްރީއިން ސާސް އީ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރީ 450 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.
ފެލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 165 މީޓަރުގެ ބޮޑުހިލައިގެ ވައި ގްރޮއިނާއި 129 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިނާއި 131 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ގާއިމްކުރުމަށް ހަމަޖެހިފައިވާއިރު 15،000 ކޮޑިމީޓަރުގެ ވެލިން ގޮނޑުދޮށް މުއްސަނދު ކުރުން ވެސް ހިމެނެއެވެ.
ކެޔޮދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 280 މީޓަރުގެ ބޮޑުހިލައިގެ ވައި ގްރޮއިން އާއި 120 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ ގާއިމްކުރުން ހިމެނޭއިރު 20،000 ކޮޑިމީޓަރުގެ ވެލިން ގޮނޑުދޮށް މުއްސަނދި ކުރާނެ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.
ޕްލޭނިން މިނިސްޓްރިން އިތުރަށް ބުނީ އެ ދެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާއިރު ރަށް ގިރުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
މި ދިއްފުށި މީ ރާއްޖެ ރަށެއްތަ. ވެރިކަމަށް އެރިތާ ދުހު 6 މަސް ނުވަނީ... ކޮންމެ މީހެއް ވެރިކަމަށް އެރިޔަސް ނިކަމެތިން ވާނީ ނިކަމެތި.