އަދާލަތު ޕާޓީގެ އިސް ފަނޑިޔާރުންގެ މަޖިލީހުގެ މެންބަރު ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ދަންޖައްސާ މެރުމަށް މީސް މީޑިއާގައި ގޮވާ އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ތަހުގީގު ކޮށްދިނުމަށް އަދާލަތު ޕާޓީގެ ފަރާތުން ފުލުހަށް ހުށަހަޅައިފިއެވެ.

ދިވެހިންގެ ތެރޭގައި އާންމުކޮށް ބޭނުން ކުރަމުންދާ ފޭސްބުކްގައި "ހަސަން ރިޔާޒް"ގެ ނަމުގައި ހިންގާ ފޭސްބުކް އެކައުންޓަކުން އިންޒާރުދީ ބުނެފައި ވަނީ "ދިވެހިރާއްޖޭގައި ދިރިއުޅޭ މުސްލިމުންގެ ހައްގުގައި އިޔާޒް، ދަންޖައްސާ މެރުމަކީ ވާޖިބެއް" ކަމަށެވެ.

މި ގޮތަށް އޭނާ ޕޯސްޓް ކޮށްފައިވަނީ "ރައީސް ސޯލިހްގެ ވެރިކަމާ ދެކޮޅަށް ކުރާ މަސައްކަތް ފެއިލް ކޮށްލުމަކީ ވާޖިބެއް" ކަމަށް ވިދާޅުވެ އިޔާޒް ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ނޫހަކުން ޝާއިއުކޮށްފައިވާ ހަބަރެއް ހިއްސާކޮށް ކުރި ޕޯސްޓެއްގައި ކަން ފާހަގަ ކޮށްލެވެއެވެ.

މި ކަމާ ގުޅިގެން އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނިޒާރު ވިދާޅޫވީ އިޔާޒް މެރުމަށް ސޯޝަލް މީޑިއާގައި ގޮވައި އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށެވެ.

އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ގެ މަގާމު ވެސް ފުރުއްވަމުންދާ އިޔާޒަކީ ސަރުކާރުގެ ދިފާއުގައި ސޯޝަލް މީޑިއާގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކަވާ ބޭފުޅެކެވެ. އަދި ރައީސް ޔާމީނާއި ރައީސް ނަޝީދު އަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަކޮށްލެވޭ އިޔާޒަކީ ޓްވިޓާގައި ވަރަށް ހަރަކާތްތެރިވެ އުޅުއްވާ ބޭފުޅެއްވެސް މެއެވެ.