ޔޫކްރައިން ހަނގުރާމަ ފެށިފަހުން ފުރަތަމަ ފަހަރަށް ރަޝިއާއިން ބޭރު ކޮށްލާ އެމްބެސެޑަރަކަށް އެސްޓޯނިއާގެ އެމްބެސެޑަރު ވެއްޖެެއެވެ.

ޔޫކްރައިން ހަނގުރާމައިގެ މައްސަލަގަނޑު ހޫނުވަމުން ދާ އިރު، ޔޫކްރައިން އަށް ތާއީދު ކުރާ ގައުމުތަކާއި ރަޝިއާ އާ އޮންނަ ސިޔާސީ ގުޅުމަށް ވެސް ދަނީ ބުރޫ އަރަމުންނެވެ. އެގޮތުން އެސްޓޯނިއާ އިން ގެންގުޅޭ ސްޑޭންޑްގެ ސަބަބުން އެގައުމުގެ ޑިޕްލޮމޭޓުން މަދުކުރަން ނިންމާ، ރަޝިއާއިން ވަނީ އެމްބެސެޑަރު ފައިބަން އަންގާފއެވެ.

މިއާއެކު އެސްޓޯނިއާ އިން ވެސް ވަނީ އެގައުމުގައި ތިބޭ ރަޝިއާގެ ޑިޕްލޮމޭޓުންގެ އަދަދު މަދުކުރަން އަންގާފައެވެ. އަދި އެސްޓޯނިއާ އާ ބައިވެރި ވުމުގެ ގޮތުން ލެޓްވިއާ އިން ވެސް ވަނީ ރަޝިއާގެ ޑިޕްލޮމޭޓުން މަދުކުރަން ނިންމާ އެކަން ރަޝިއާއަށް އަންގާފައެވެ.

ހަނގުރާމައިގެ ސަބަބުން ރަޝިއާ އެކަހެރިވަމުން ދާ އިރު، އެމެރިކާއިން ވެސް ވަނީ އެގައުމުގައި ތިބޭ ރަޝިއާ ޑިޕްލޮމޭޓުންގެ އަދަދު މާ ކުރިން ދުރެ ފެށިގެން މަދު ކޮށްފައެވެ. އަދި އެމެރިކާ އާއި ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވާ އިރު، ޔޫކްރައިން އަށް މަދަދުދޭ ކޯލިޝަނާ ބައިވެރިވާ ގައުމުތައްވެސް ދަނީ އިތުރު ވަމުންނެވެ.

ޑިޕްލޮމޭޓުން ބޭރު ކޮށްލާ އެސްޓޯނިއާ އާއި ލެޓްވިއާ އަކީ، ޔޫކްރައިން އަދި ރަޝިއާ އާ އެއް ބައްރުގައި ގުޅިފައި އޮންނަ ތަންތަން ނަމަވެސް އެތަންތަނަކީ ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިޔަ އިރު ރަޝިއާ އާ ވަކިވެ މިނިވަން މުސްތައްގިއްލު ދައުލަތްތައް އިއުލާން ކޮށްފައި ވާ ތަންތަނެވެ.

ޔޫކްރައިން ހަނގުރާމަ ފެށުމާއެކު އެ ތަންތަނުގެ ތެރެއިން އެސްޓޯނިއާ އިން ވަނީ ރަޝިއާ އަކީ ޓެރްރިސްޓް ގައުމެއް ކަމަށްެ ކަނޑައަޅާ އެގައުމުގެ މަޖިލީހުން ގަރާރެއްވެސް ފާސްކޮށްފައެވެ.