ހއ. ހޯރަފުށި ކައިރިން 6 ފޫޓު ހުރި ބޮޑު ކިނބުލެއް އެމްއެންޑީއެފް އިން ހިފައިފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ރަށާ އެއް ފަޅެއްގައި އޮންނަ އުނގުލު ފިނޮޅާއި ހުވަހަންދުއާ ދެމެދުން ކިނބޫ ފެނިގެން ސިފައިން ހަރަކާތްތެރިވެފައި ވާ ކަމަށެވެ.

މި ކިނބޫ ސިފައިން ހިފާފައި ވަ އިރު، މި މޫސުމުގައި ރާއްޖެއަށް ކިނބޫ އަންނަ ސަބަބެއް އަދި ސަރަހައްދެއް ފާހަގަ ކުރެވިފައެއް ނުވެއެވެ.

މީގެ ކުރިން މި މަހުގެ 12 ވަނަ ދުވަހު ކ. ބޮލިދުއްފަރު ކައިރިން ވެސް ކިނބުލެއް ފެނި ވަނީ އަތުލާފައެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން ދިޔަ ބޮލިދުއްފަރު ގޮނޑުދޮށުން ފެނުނު އެ ކިނބުލަކީ 14 ފޫޓު ހުރި ބޮޑު ކިނބުލެކެވެ.

ސިފައިން ވަނީ އެ ކިނބޫ ހިފުމަށްފަހު، އެ ރަށާ 24 ނޯޓިކަލް މޭލު ބޭރަށް މާކަނޑަށް އެސޮރު ދޫކޮށްލައިފައެވެ.