ޓެސްޓްތަކެއް ހެދުމަށް ފަހު މައްސަލައެއް ނެތުމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދަރުމަވަންތަ ހޮސްޕިޓަލުން ގެއަށް ދޫކޮށްލައިފިއެވެ.
މައުމޫނު ވިދާޅުވީ ހޮސްޕިޓަލުން ޓެސްޓްތަކެއް ހެދުމަށް ފަހު އެއްވެސް މައްސަލައެއް ނެތުމުން އެ މަނިކުފާނު މިހާރު ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ.
އެމަނިކުފާނަށް ފުރިހަމަ ސިއްހަތަކަށް އެދި ދުއާ ކުރި ހުރިހާ ފަރާތްތަކަށާއި ނަރުހުންނާއި ޑޮކްޓަރުން ދިން ހިދުމަތަށް ވެސް އެމަނިކުފާނު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
އުމުރުފުޅުން 85 އަހަރުގެ ރައީސް މައުމޫނު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ވެސް މީގެ ކުރިން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ. މިއީ އޭގެފަހުން ރައީސް މައުމޫނު ހޮސްޕިޓަލުގައި އެޑްމިޓް ކުރި ފުރަތަމަ ފަހަރެވެ.
މައުމޫން ޕޮޒިޓިވްވުމާ އެކު އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ވެސް ޓެސްޓް ކުރެއްވި ނަމަވެސް ނަސްރީނާ އާއި އާއިލާގެ އެހެން ބޭފުޅަކު ވެސް ބައްޔަށް ޕޮޒިޓިވެއް ނުވެއެވެ.