މެލޭޝިއާގެ ޔުނިވާސިޓީއެއް ކަމަށްވާ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފިނޭންސްގެ ޕްރޮފެސަރަކަށް ޑރ އައިޝަތު މުނީޒާ އައްޔަން ކޮށްފިއެވެ.
އިސްލާމިކް ފައިނޭންސިންގެ ދާއިރާއިން ޕޮސްޓްގްރެޖުއޭޓް ލެވެލް އަށް ކިޔެވޭ ދުނިޔޭގެ ހަމައެކަނި ޔުނިވާސިޓީގެ ޕްރޮފެސަރުގެ މަގާމަށް ޑރ މުނީޒާ އައްޔަން ކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.
އައިއެންސީއީއައިއެފް ގައި އެސޯސިއޭޓް ޕްރޮފެސަރެއްގެ ގޮތުގައި މިދިޔަ 6 އަހަރު ހިދުމަތް ކުރައްވާފައިވާ ޑރ މުނީޒާ އަކީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި ފުރަތަމަ މަސައްކަތް ކުރައްވި ބޭފުޅެކެވެ. އަދި ދެ ޖާނަލްއެއްގެ އެސޯސިއޭޓް އެޑިޓަރުކަމާއި އިތުރު ޖާނަލްއެއްގެ އެސޯސިއޭޓް ބޯޑު މެންބަަރުކަން ޑރ މުނީޒާ ވަނީ ކުރައްވާފައެވެ.
އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މިހާތަނަށް 200 ޕަބްލިކޭޝަންސް (ފޮތާއި ފޮތްތަކުގެ ބައިބަޔާއި އިލްމީ މަޒުމޫން ހިމެނޭހެން) ލިޔުއްވާފައި ވާ މުނީޒާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން ގާނޫނީ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައެވެ.
ޑރ މުނީޒާ ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކޮށް އައިއެންސީއީއައިއެފް އިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ޕްރެފެސަރު ޑރ މުނީޒާއަށް ކެމްބްރިޖް އިންސްޓިއުޓް އޮފް އިސްލާމިކް ފައިނޭންސްއިން "ވުމެން އިންފުލުއެންސާ 2022" ގެ ލަގަބު ދީފައި ވެއެވެ.
ކޮވިޑްގެ ސަބަބުން އިގްތިސާދަށް ދިމާވި ގޮންޖެހުންތަކާ އެކުވެސް ރާއްޖޭގެ އިސްލާމިކް ފައިނޭންސް އިންޑަސްޓްރީ ދުނިޔޭގެ ފެންވަރުގެ ކުރިއެރުންތަކެއް ހޯދާފައި ވާއިރު މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސްގެ ޗެއާވުމަންގެ މަގާމު ވެސް ޑރ މުނީޒާ އަދާކުރައްވާފައި ވެއެވެ.
މުނީޒާ ވަނީ އިސްލާމީ ފައިނޭންސް އިންޑަސްޓްރީގެ އެންމެ ނުފޫޒު ގަދަ އަންހެން ބޭފުޅުންގެ ތެރޭގައި 14 ވަނަ އަށް ލިސްޓް ކުރެވި މާލީ ދިރާސާތައް ކުރާ އިނގިރޭސިވިލާތުގެ އިދާރާ، ކެމްބުރިޖް އައިއެފްއޭގެ ޝަރަފުވެސް ހޯއްދަވާފައެވެ.
އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މުނީޒާ ހެއްދެވި ރިސާޗްތަކަށް ގޯލްޑު، ސިލްވާ އަދި ބްރޮންޒު މެޑަލް އެކި ފަހަރު މަތިން ލިބިވަޑައިގެންނެވި އިރު އިސްލާމިކް ފައިނޭންސިން އާ ބެހޭ 5 ފޮތެއް މިހާތަނަށް މުނީޒާ ވަނީ ނެރުއްވާފައެވެ.
މުޖުތަމައަށް ފައިދާހުރި ހިދުމަތްތަކެއް ކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން "ވޯލްޑް ވިމަން ލީޑަޝިޕް ކޮންގްރެސް އެންޑް އެވޯޑު" ދޭ އެވޯޑުގެ އިތުރުން ދިވެހި އަންހެނުންގެ ކުރިއެރުވުމަށް ކުރައްވާ މަސައްކަތުގެ އަގުޒަންކޮށް ރެހެންދި އެވޯޑް ވެސް ވަނީ އޭނާ އަށް ލިބިވަޑައިގެންފައެވެ.
ޥަރަށް ބޮޑަށް މަރުޙަބާ
މަރްޙަބާ މުނީޒާ.