ކ. ބޮލިދުއްފަރު ކައިރިން ފެނުނު ކިނބޫ އެމްއެންޑީއެފް ކޯސްޓްގާޑުން ހިފައިފިކަމަށް ބުނެފިއެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ކ. ބޮލިދުއްފަރު ގޮނޑުދޮށާ ކައިރިން އިއްޔެ ފެނުނު ކިނބޫ އެމްއެންޑީއެފް ކޯސްޓްގާޑުން ހިފި ކަމަށް މިއަދު ބުނި އިރު އިއްޔެ ބުނީ ކިނބުލެއް ފެނުނު ކަމުގެ މައުލޫމާތު ނެތް ކަމަށެވެ.

"ދަ ޕްރެސް" އަށް އެނގިފައި ވާ ގޮތުން އެ މައުލޫމާތު ހިފެހެއްޓީ، ކިނބުލަކީ ރޮލާ ހަފާ ކާއެއްޗެއް ކަމުން އޭގެ ވާހަކަ އާންމުވުމާއެކު އާންމުން ބިރުން އުޅޭނެތީއެވެ.

ނަމަވެސް މި ކިނބޫ މިއަދު ހިފުމަށް ފަހު ހަބަރު ވަނީ އާންމުކޮށްފައެވެ.

އެމްއެންޑީއެފް އިން ބުނީ، ކިނބޫ ހިފުމަށް ފަހު ކ. ބޮލިދުއްފަރުން ފެށިގެން 24 ނޯޓިކަލް މޭލު ބޭރަށް މިހާރު ކިނބޫ ދޫކޮށްލާފައި ވާއެވެ.