ހޮޅިއަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ހިޔާ ފްލެޓުގެ ދެ ޓަވަރު ކަމަށްވާ H3 އަދި H4 ޓަވަރުން ފެނުގެ ހިދުމަތް ކެނޑިއްޖެއެވެ.
ދެޓަވަރުން ފެން ކަނޑައިގެން ގޮސްފައި ވަނީ ހިޔާ ސަރަހައްދުގެ މަގުހެދުމުގެ މަސައްކަތެއް ކުރަމުން ދަނިކޮށް އެ ދެ ޓަވަރަށް ފެންފޯރުކޮށްދޭ ހޮޅިއަކަށް ލިބުނު ގެއްލުމާ ގުޅިގެންނެވެ.
މިހޮޅި މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އަދި 1 ގަޑިއިރުތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އެޗްޑީސީން ބުނެއެވެ.
ނަމަވެސް މިމަސައްކަތުގެ ބާވަތުން ބަޔާންކޮށްފައިވާ ވަގުތަށް ވުރެން އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވަނީ ބުނެފައެވެ.
އެޗްޑީސީން ވަނީ މިކަމުގެ ސަބަބުންް މިދެޓަވަރުގައި ދިރިއުޅޭމުންދާ އަދި މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދިފައެވެ.
މީގެ ކުރިން ވެސް ހިޔާ ފްލެޓުތަކުގައި މިފަދަ މަސައްކަތްތައް ކުރަނިކޮށް ކަރަންޓު ނުވަތަ ފެނުގެ ހިދުމަތް ކެނޑިފައި ވެއެވެ.