އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަކީ އަބަދުވެސް ހާލަތާ ނުބައްދަލު 'ރިއެކްޓްކުރައްވާ' ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރޭ 'ސަންގު ޓީވީން' ގެނެސްދިން ޕްރޮގްރާމެއްގައި ޔައުގޫބު ވިދާޅުވީ 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ވެއްޓުނީ ރައީސް ނަޝީދު އަމަލުކުރެއްވި ގޮތުން ކަމަށެވެ. "2012 ވަނަ އަހަރު ރައީސް ނަޝީދު އެގޮތަށް ރިއެކްޓް ނުކުރެއްވި ނަމަ އެ ވެރިކަން އަދި އެ ދައުރު ދެމި އޮންނާނެ" ޔައުގޫބު ވިދާޅުވިއެވެ.
އިތުރަށް ޔައުގޫބު ވިދާޅުވީ އެއީ ރައީސް ނަޝީދުގެ ވެރިކަމެއް ނޫންކަމަށާއި އެއީ ދިވެހި ރައްޔިތުން ހާއްސަކޮށް އެމްޑީޕީގެ މެމްބަރުން ގެނައި ވެރިކަމެއް ކަމަށެވެ. އަދި އެ ޕާޓީގެ މެމްބަރުން ހަވާލުކުރި ވެރިކަން ފަސް އަހަރު ދުވަހު ދެމެހެއްޓުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ޔައުގޫބު ވިދާޅުވިއެވެ.
އިތުރަށް ޔައުގޫބު ވިދާޅުވީ ރައީސް ނަޝީދު އަކީ ވަރަށް ގިނަ ފަހަރަށް އެ ހާލަތަކާ ނުބައްދަލު ގޮތަކަށް 'ރިއެކްޓްކުރައްވާ' ބޭފުޅެއް ކަމަށެވެ. އަދި އޭގެ ނަތީޖާއަކީ އޭރު އެމްޑީޕީ މެމްބަރުން ބުރަ މަސައްކަތުން ގެނައި ވެރިކަން ނިމުން ކަމަށް ޔައުގޫބު ވިދާޅުވިއެވެ.
ޔައުގޫބު މިހެން ވިދާޅުވި އިރު ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން، ވަނީ ރައީސުން ކުއްލިއަށް ކަންކަމަށް ރިއެކްޓް ކުރުމުގެ ނަތީޖާ ރަނގަޅު ނޫން ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ވެރިކަން ވެސް ވެއްޓިފައި ވާކަމަށް ވިދާޅުވެ ރައީސް ނަޝީދަށް ނުސީދާ ބަހުގެ ހަމަލާއެއް ދެއްވާފައެވެ.
ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޔައުގޫބު ވިދާޅުވީ ރައީސް ނަޝީދަކީ ވެރިކަމަށް ގެންނަން ހެޔޮވާ ވަރު ބޭފުޅެއް ނޫންކަމަށެވެ. އަދި ރައީސް ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގެންފިނަމަ ގައުމު ބަނގުރޫޓުވެ، އިންވެސްޓަރުން މި ގައުމު ދޫކޮށްދާނެ ކަމަށް ޔައުގޫބު ވިދާޅުވިއެވެ.
ހެއްހެއްހޭ... އަވަދި ވެދާނެ