ގދ. ފިޔޯރީ ސްކޫލުގެ އިމާރާތެއްގައި ރޯވެ އަނދަން ފަށައިފިއެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެ އިމާރާތުގެ ބޮޑު ބައެއް ވަނީ އަނދާފައެވެ. އަދި އެ އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ފެތުރެމުން ދާތަން ވެސް ފެނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ކަރަންޓް ފޮށީގައި ރޯވެގެން ކަމަށާއި އަލިފާން ރޯވެފައި ވަނީ އެ ސްކޫލުގެ ބާ އިމާރާތެއްގައެވެ.

އެމްއެންޑީއެފްއިން ބުނީ ފިޔޯރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ގދ. ތިނަދޫ ފަޔާ ސްޓޭޝަނުން އެ ރަށަށް ދިއުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ. އަދި އެ ރަށަށް ދިއުމަށް 45 ވަރަކަށް މިނެޓު ނަގާނެ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

މިކަމާ ގުޅިގެން އެ ރަށުގެ ކައުންސިލްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.