އެލައިޑް އިންޝުއަރަންސް އަކީ ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ޕްރޮވައިޑަރުގެ އިތުރުން އެހެން އިންޝުއަރަންސް ކުންފުނިތަކުގެ ތެރެއިން އެންމެ އީޖާދީ ކުންފުންޏެވެ. އެލައިޑުން އަބަދުވެސް ބަލަމުން ގެންދަނީ ކަސްޓަމަރުންނަށް އެންމެ އެކަށޭނެ އިންޝުއަރަންސް ޕްލޭންތައް ވީހާވެސް ފަސޭހައިން ފޯރުކޮށް ދިނުމަށެވެ.

އެލައިޑް އިންޝުއަރަންސާއި 'އެލައިޑް އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލް' އިން ބައިވަރު ކަންކަމާ ގުޅޭ ޕްލޭންތައް ކަސްޓަމަރުންނަށް ހުށަހަޅާ އިރު، މީގެ ތެރެއިން ގިނަ ޕްލޭންތައް ވަރަށް ފަސޭހައިން ބަލައިލެވޭ ގޮތަށް ވެސް ވަނީ ފަހިވެފައެވެ. އެއީ އެލައިޑް އޮންލައިން ޕޯޓަލް 'މައި އެލައިޑް'އެވެ.

އެލައިޑް ޕޯޓަލް އަކީ ރައްޔިތުންނާއި އެލައިޑް އިންޝުއަރަންސް ގުޅައިދޭނެ އެންމެ ފަސޭހަ މަގެވެ. މި އޮންލައިން ޕޯޓަލް މެދުވެރިކޮށް އެލައިޑް އިންޝުއަރަންސް އާއި އަޔާދީ ތަކާފުލް އިން ހުށަހަޅާ ގިނަ އަދަދެއްގެ ޕްލޭންތަކުގެ މައުލޫމާތާއި ކަވަރޭޖްތައް ބަލައިލުމާއި ޕްލޭނެއްގައި ހިމެނޭ އެކިއެކި ގިންތިތައް އަޅާކިޔާލުމާއި އޮންލައިންކޮށް ގަތުމުގެ މަގުވެސް ފަހިވެއެވެ.

ޓްރެވަލް ތަކާފުލް ޕްލޭން

އަޔާދީ ތަކާފުލް އިން ހުށަހަޅާ ޓްރެވަލް ތަކާފުލް ޕްލޭނެއް ގަތުމަށްޓަކައި ދަތުރާއި، ދަތުރުވެރިންގެ މައުލޫމާތު 'މައިއެލައިޑް' އަށް އެންޓާކުރުމުން އެ މައުލޫމާތަށް ރިއާޔަތްކޮށް އެންމެ އެކަށީގެންވާ ތަކާފުލް ޕްލޭނެއް ހުށަހަޅައި ދޭނެއެވެ.

ހިޔާވަހި އަދި އަހަރެންގެ ހިޔާ ޕްލޭން

ގޭތެރޭގެ މުދަލުގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭ 'ހިޔާވަހި' އަދި 'އަހަރެންގެ ހިޔާ' ފަދަ ހޯމް ކޮންޓެންޓް ތަކާފުލް ޕްލޭނެއް ބޭނުންވާނަމަ އެ ޕްލޭނުގައި ހިމެނޭ ގިންތިތައް އަޅާ ކިޔުމަށް ފަހު ކަސްޓަމަރުގެ ގެއަށް އެންމެ އެކަށޭނަ ޕްލޭނެއް ވަގުތުން ގަނެވޭނެއެވެ.

އެލައިޑް އިންޝުއަރޭންސް ގެ އޮންލައިން ޕޯޓަލް

"މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް އެލައިޑްގެ ހެލްތު އިންޝުއަރަންސާއި އަޔާދީ ތަކާފުލްގެ ހެލްތު ތަކާފުލްގެ ގިނަ ހިދުމަތް ވެސް ހޯދޭނެއެވެ. އޭގެ ތެރޭގައި ޕޮލިސީގައި ހިމެނޭ އެކި އެކި ފަރުވާތަކުގެ ލިމިޓު ބެލުމާއި ހުށަހަޅާ ކްލެއިމްތަކުގެ ސްޓޭޓަސް ބެލުން އަދި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ލިސްޓް ބެލުންވެސް ހިމެނެއެވެ.

ހަލް ތަކާފުލް ޕްލޭން

ކަނޑު އުޅަނދުފަހަރުގެ ރައްކާތެރިކަމަށް ނަގަންޖެހޭ ހަލް އިންޝުއަރަންސް ނުވަތަ ހާލް ތަކާފުލް ޕްލޭނެއް ގަތުމަކީ ބުއްދިވެރި ކަމެއް ނަމަވެސް އެކި އުޅަނދުފަހަރުގެ ސްޕެސިފިކޭޝަންސް ތަފާތުވުމުން ހަލް އިންޝުއަރަންސްގެ އަގުވެސް ތަފާތުވާނެއެވެ. އެހެންނަމަވެސް 'މައި އެލައިޑް' ޕޯޓަލްގައިވާ 'ސްމާޓް ކުއޯޓް' ޕީޗާ މެދުވެރިކޮށް އުޅަނދުގެ ބޭނުމާއި ވައްތަރާއި އުމުރާއި އަދި އުޅަނދުގެ އަގު ޖެހުމުން އެ އުޅަނދަކަށް ހަލް އިންޝުއަރަންސް ޕްލޭނެއް ލިބޭނެ އެސްޓިމޭޓް އަގެއް ޖެނެރޭޓް ކޮށްދެވޭނެއެވެ. މިއީ ހަލް އިންޝުއަރަންސް ގަތުމަށް ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުއި ފަސޭހައެކެވެ.

ތާޑް ޕާޓީ މޮޓޯ ތަކާފުލް ޕްލޭން

މީގެ އިތުރުން މައި އެލައިޑް ޕޯޓަަލް އަކީ ސައިކަލް ދުއްވާ ކޮންމެ މީހަކަށްވެސް ވަރަށް ވަފާތެރި އެކުވެރިއެއްކަން ޔަގީނެވެ. އެއްގަމު އުޅަނދުތަކަށް ލާޒިމު 'ތާޑްޕާޓީ މޮޓޯ' އިންޝުއަރަންސް ނުވަތަ ތާޑް ޕާޓީ މޮޓޯ ތަކާފުލް ޕްލޭނެއް މައި އެލައިޑް މެދުވެރިކޮށް އޮންލައިންކޮށް ވަގުތުން ގަނެވޭނެއެވެ. އަދި ފުލުހުން ގެ ޗެކްޕޮއިންޓެއްގައި އިންޝުއަރަންސް ހެކި ދައްކަން ޖެހިއްޖެނަމަ މައި އެލައިޑް ޕޯޓަލް ނުވަތަ މައި އެލައިޑް އިންޝުއަރަންސް މޮބައިލް އެޕް މެދުވެރިކޮށް މޮޓޯ އިންޝުއަރަންސް ނުވަތަ މޮޓޯ ތަކާފުލް އީ ސްޓިކާ ވަގުތުން ޓްރެފިކް ޕޮލިހުންނަށް ދައްކާލެވޭނެއެވެ.

އެލައިޑް އަޔާދީގެ ބައެއް ޕްލޭންތައް ބަލާލުމާއި ޕްލޭންތައް ގަތުމުގެ އިތުރުން 'މައި އެލައިޑް' އިން ހިފޭ އެންމެ މުހިއްމު އެއް ބޭނުމަކީ ހާދިސާ އެއް ކުރިމަތިވެގެން އިންޝުއަރަންސް ޕްލޭނެއްގެ ބޭނުން ހިފުމުގެ ގޮތުން ކްލައިމް އެއް ސަބްމިޓް ކުރުމެވެ. މައި އެލައިޑް ޕޯޓަލްގައި އޮންނަ 'ކްލައިމްސް' ޕޭޖުން ކަސްޓަމަރުގެ މައުލޫމާތާއި ހާދިސާގެ މައުލޫމާތާއި އިންޝުއަރަންސް ޕޮލިސީގެ ނަންބަރު ލިޔުމަށް ފަހު ސަބްމިޓް ކުރުމުން އެ ހާދިސާ ރިޕޯޓް ކުރެވުނީއެވެ.

މައި އެލައިޑްގެ ފަސޭހަތައް ބޭނުން ކުރުމަށް މި ވެބްސައިޓަށް ވަދެ ރަޖިސްޓްރީ ކޮށްލާށެވެ. އަދި އިންޝުއަރަންސްގެ ޔަގީންކަން ކޮންމެ ވަގުތަކު ކޮންމެ ތަނަކަށް ހޯދާލާށެވެ.