އެންމެ ފުރަތަމަ އެމްޑީޕީއަށް ވެރިކަން ލިބުނު ފަހަރު އެ ދައުރުގެ ދޮޅު އަހަރު ހަމަނުވަނީސް ވެރިކަން ބަދަލުވެގެން ދިއުމުގެ ސަބަބުން ކުރިމަތިލާން ޖެހުނު އަނދިރި ދުވަސްތައް ހަނދާން ނައްތާ ނުލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފިއެވެ.
މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ ޕްރައިމެރީއަށް ބޮޑު ވާދަވެރިކަމެއް އުފެދިފައިވާ އިރު އިންތިހާބުގައި ރައީސް ސޯލިހުގެ އިތުރުން ދެން ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.
ވާދަވެރިކަމާއެކު ކެމްޕެއިން ހަރަކާތްތައް ކުރިއަށްދާ އިރު ރައީސް ސޯލިހްގެ ކެމްޕެއިންގެ ދަތުރު ފަށައި މިރޭ ރ. މީދޫގައި ބާއްވާ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުން ކަން ވީ ގޮތް ހަނދާން ނައްތާ ނުލުމަށް ގޮވާލައްވައި ކުރިޔަށް އޮތް ފަސް އަހަރަށް އިންތިހާބު ކުރާ ސަރުކާރެއް ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބުގައި އެންމެ ބޮޑަށް ވިސްނަން ވީ ކާމިޔާބީ ގެނެސްދެވޭނެ ވެރިއެއް ހޯދުމަށް ކަމަށް ވިދާޅުވެފައެވެ.
ޕާޓީގެ އެތެރޭގެ ޕްރައިމެރީއަށް އިޝާރާތްކޮށް ރައީސް ވިދާޅުވީ، އާންމު މެންބަރުންގެ ވިސްނުން ހުންނަން ވީ ކުރިން ކުރެވިފައި ހުރި ތަޖުރިބާގެ އަލީގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ހާއްސަކޮށް ރަނގަޅު ނަތީޖާއެއް ނެރެވެން އޮތީ ކޮން ގޮތަކުން ކިހިނަކުން ކުރާ މަސައްކަތެއްގެ ތެރެއިންކަން ވިސްނުމަށް ގެންނަން ޖެހޭ އިރު އެ ހަނދާންތައް ފަށަން ޖެހެނީ އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމާއި ހަމައިންކަމަށް ރައީސް ވިދާޅުވިއެވެ. އެ ދުވަސްވަރު ޕާޓީ އާއި އާންމު މެންބަރުން މަގުމަތިވެގެން ދިޔައީ ވެރިކަމުގެ ދައުރު ވެސް ފުރިހަމަ ނުކުރެވެނީސް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ދުވަހަށް ފަހު 2012 އިން ފެށިގެން 2018 އާ ހަމައަށް އެ ޕާޓީއަށް ކުރިމަތިލާން ޖެހުނީ ދަތި އުނދަގޫ ދުވަސްތަކަކާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ހަތް އަހަރު މަގުމަތީ ހޭދަކުރިއިރު ރާއްޖޭގެ ހާލަތު އޮތް ގޮތަކީ އެހާ އަވަހަށް ހަނދާން ނައްތާލަން ޖެހޭ ދުވަސްތަކެއް ނޫންކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުނދަގޫ ދުވަސްތަކެއް ކުރިމަތިލާން ޖެހުނު ކަމަށާއި އެއީ އަނިޔާވެރި އަދި ބިރުވެރި ދުވަސްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
2008 ގައި އެމްޑީޕީއަށް ވެރިކަން ލިބުނު އިރު އޭރު ރައީސް އަކަށް ހުންނެވީ ރައީސް މުހައްމަދު ނަޝީދެވެ. އެ މަނިކުފާނުގެ ދައުރު ހަމަނުވަނީ ދޮޅު އަހަރުގެ މުއްދަތެއް ހޭދަ ކުރެއްވުމަށްފަހު ރައީސް ނަޝީދު އިސްތިއުފާ ދެއްވާފައި ވަނީ ފެބްރޔއަރީ 7، 2012 ގައެވެ. އެއަށް ފަހު 2013 ގައި ރިޔާސީ އިންތިހާބާ އެމަނިކުފާނު ކުރިމަތިލެއްވި ނަމަވެސް އެ އިންތިހާބު ކާޟިޔާބު ކުރައްވާފައި ވަނީ ރައީސް ޔާމީނެވެ.
ބާކީނުކޮށް ޚިދްމަތް ދެވިފައި ކޮބާތޭ މާލެ ސަރަހައްދަކީ އެންމެ ގިނަ މީހުން ދިރިއުޅޭ އަދި އެންމެ ގިނަ މީހުން ދިރިއުޅެން ބޭނުންވާ ތަން ކަމަށްވާއިރު އެތަނުން ގޯތި ބޭނުންވެގެން 80 ހާސް މީހުން ސަރުކާރަށް ވެއްޖެއޭ ފޯރމް ލާފައި އެކަމަކު އެކަކަށް ވެސް ފްލެޓެއް ވެސް އަދި ގޯއްޗެއް ވެސް މިސަރުކާރަށް ދެވިފައި ނެތޭ މިވެރިކަން ނިމޭއިރު ވެސް އެކަކަށް ވެސް ގޯއްޗެއް ވެސް ފްލެޓެއް ވެސް ނުދެވޭނެއޭ ވަރަށް ރަނގަޅަށް ބާކީ ނުކުރެވި ތިޔާ އޮތީ މާލޭގައި ކެމްޕެއިން ނުކުރަނީ އެއީ ކެނެރީގެ ނަޝީދަށް ވެސް އަދި ރައީސް އިބޫ އަށް ވެސް އެއްވެސް ތާއީދެއް ނެތީމައޭ ރާއްޖެތެރޭގައި ތިބޭ ކޮރަޕްޓް ކާރޓެލް މެން ގަނެގެން ވޯޓް ހޯދައިގެން ވޯޓް ލިބޭތޯއޭ އެބަލަނީ އެމެން ނަށް ވާނުވާ ނޭގޭނެއޭ އެއީ ފައިގެ ބޮޑުވާ އިނގިއްޔާއި ހަމައަށް ވިސްނާ ގަމާރުން ވިއްޔާދޯ..