ރާއްޖޭގެ އިގްތިސޯދު ދަނީ ބަރާށް ކުރިއަރަމުން ކަަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ސްޓާފް ވިޒިޓަށް ފަހު ނެރެފައިވާ ޕްރެސް ރިލީޒްގައި ފާހަގަކޮށްފައިވާ ގޮތަށް ރާއްޖޭގެ އިގްތިސޯދު ދަނީ ބާރަށް ކުރިއަރަމުން ކަމަށެވެ. މިއީ ކޮވިޑް ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެޅި ހާލަތާ ބައްދަލު ފިޔަވަޅުތަކާއި ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުގެ ނަތީޖާ ކަމަށް އަމީރު ވިދާޅުވިއެވެ.
ދިވެހި އިގްތިސޯދު މި ވަނީ ބަލިމަޑުކަމުގެ ކުރިން އޮތް ހިސާބަށް އަނބުރާ ރުޖޫއަވެފައި ކަމަށާއި މިދިޔަ އަހަރަށް އަމާޒު ހިފި 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް އެ އަމާޒު ހާސިލް ވެފައިވާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. އެގޮތުން މި އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިގްތިސޯދީ މި ދަތި ދަނޑިވަޅުން އަރައިގަތުމަށް ކޮންމެހެން ނިންމަންޖެހޭ ނިންމުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވަނީ އެއިން ސިޔާސީ މަންފާއެއް ހޯއްދަވާކަށް ނޫން ކަމަށް އަމިރު ވިދާޅުވިއެވެ. ރައީސް ސޯލިހް އަބަދުވެސް އިސްކުރައްވަނީ ގައުމާއި ދިވެހި ރައްޔިތުންގެ ލާބަ އާއި މަންފާ ކަމަށް އަމީރު ވިދާޅުވިއެވެ. ކައިރި ގައުމުތަކުން ފެނިގެންދާ ހަގީގަތަކީ, ސިޔާސީ ބާރުވެރިކަން ހޯދުމަށް ކުރެވޭ މަސައްކަތުގައި, އިގްތިސޯދީ ސިޔާސަތުތައް "ކޮމްޕްރޮމައިޒް" ވުމުން, އޭގެ ބޮޑު ގެއްލުމާއި ދެރަ އުފުލަން ޖެހެނީ ވަރަށް ހިތިކޮށްކަން އަމީރު ވިދާޅުވިއެވެ.
ކޮވިޑަށް ފަހު ރާއްޖެގެ ބޮޑަރުތައް ބަންދުކޮށްފައި އޮތުމަށް ފަހު ބޯޑަރުތައް ހުޅުވާލި ފަހުން އަންނަނީ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން މިދިޔަ އަހަރު ޓުރިޒަމް ކުރި އެރުވުމަށް އަމާޒު ހިފާފައި ވަނީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ވެސް ފާހަގަ ކުރުމުގެ ގޮތުންނެވެ.
މިދިޔަ އަހަރު ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ޓާގެޓް ކުރި 1.6 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލް ވެފައިވާ އިރު، 2021 ވަނަ އަހަރު ރާއްޖެއަށް އަންނާނެ ކަމަށް ޓާގެޓް ކުރި 1.3 މިލިއަން ފަތުރުވެރިންގެ ޓާގެޓް ވެސް ވަނީ ހާސިލް ކޮށްފައެވެ.
އެއީ ރައްޔިތުންގެ ބުރަމަސައްކަތުން ހޯދާ ލާރިކޮޅު އަތުލާގެން ތިމާމެއްގެ އަތުން އެލާރި މަދުކުރާނެބަ