އެމްޕީއެލް ސަރަޙައްދުގެ މޫދަށް އެޅި ފެތުރުނު ތެޔޮ މިހާރު ނަގާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްޕީއެލް ސަރަހައްދާއި ރަސްމީ ފާލަން ސަރަހައްދަށް ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފައި ހުރުމުން ކޯސްޓްގާޑުގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމުން އެ ސަރަހައްދަށް ގޮސް ކަޅުތެޔޮ ނެގުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އެ މަސައްކަތުގައި ކޯސްޓްގާޑުގެ ސިފައިންނަށް އެހީތެރިވުމުގެ ގޮތުން މާލޭ އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަނާއި މެރިންސް އާއި ކަނޑުމަތީ ފުލުހުންގެ އިތުރުން ސިޓީ ކައުންސިލުން ހަރަކާތްތެރި ވަމުން ދާ ކަމަށް ވެސް ބުންޏެވެ.
އެމްއެންޑީއެފްއިން އޭގެ ފަހުން ބުނީ އެމްޕީއެލް ސަރަހައްދަށް ފެތުރިފައިވާ ތެޔޮ ނެގިފައިވާ ކަމަށެވެ. އަދި ރަސްމީ ފާލަން ސަރަހައްދަށް އެޅިފައިވާ ތެޔޮ އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސީޖީ ހަލަވެލި ބޭނުން ކޮށްގެން ރަސްމީ ފާލަން އަދި އެ ސަރަހުއްދު ބޭރުން، ބޫމް އަޅެމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އެ ސަރަޙައްދަށް ގިނަ އަދަދަކަށް ތެޔޮ އެޅިފައިވާތީ ތެޔޮ ނަގާ އެއްކޮށް ކޮންޓްރޯލް ކުރެވޭނީ މިރެޔާ އެއްކޮށް މަސައްކަތް ކޮށްގެން ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
ނަމަވެސް އެ ހާދިސާގެ މާ ބޮޑު ތަފްސީލެއް ނުލިބެއެވެ. ކަޅުތެޔޮ އެޅުނު ވަގުތާއި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގެއެވެ.
ކަނޑަށް އެޅޭ ތެޔޮ ސާފުކުރުމަށް ބޭނުންކުރާ "އޮއިލް ބޫމް" އުޅަނދެއް ޖަޕާނުގެ ސަރުކާރުން ސިފައިންނަށް މި ފަހުން ހަދިޔާކޮށްފައި ވެއެވެ.