މި ފެށުނު އަހަރުގައި ދިވެހިން އަޒުމް ކަނޑައަޅަންވީ ކޮންމެ ކަމެއްގައި ވެސް ސުލްހަ އާއި އެއްބައިވަންތަކަން އިސްކުރުމަށް ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
އާ އަހަރާ ގުޅިގެން ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ، ރާއްޖެ އަށް ލިބުނު އެންމެ ބޮޑު އެއް ނިއުމަތަކީ ދިވެހި މުޖުތަމައުގައި ސުލްހަ މަސަލަސްކަން ގާއިމްވެފައި އޮތުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އިންސާނީ ހައްގުތައް ކުރިއަރުވައި އިންސާފު ގާއިމްކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިދިޔަ އަހަރު ކުރެވި، ރަނގަޅު ނަޔީޖާ އެއް ހާސިލްކުރެވުނެވެ.
"ހަމަ އެފަދައިން މި ޖަޒީރާތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް، ހަމަހަމަކަމާ އެކު އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް، އެކަށީގެންވާ މުހިންމު މަސައްކަތްތަކެއް ކުރެވި، ރައްޔިތުންނަށް އެކަމުގެ ލާބަ އާއި މަންފާ އަންނަނީ ލިބެމުން،" ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.
ގައުމުގެ އިގްތިސޯދީ ހާލަތަށް އަލިއަޅުވާލައްވައި އެމަނިކުފާނު ވިދާޅުވި ގޮތުގައި:
- ކޮވިޑް-19 އިން އަރައިގަނެ އިގްތިސޯދު ރަނގަޅުކުރުމަށް ނިމުނު އަހަރު ކުރި މަސައްކަތަށް ފަހު މިއަދު އަޒުމް ކަނޑައަޅަންވީ އެއަށް ވުރެ ރަނގަޅު ހާލަތަކަށް އިގްތިސޯދު ކުރިއަށް ގެންދިއުމަށް
- ފަތުރުވެރިކަމާއި މަސްވެރިކަމުން ފައިދާ އިތުރުކުރާނެ އާ ގޮތްތަކާ މެދު ވިސްނަން އެބަ ޖެހޭ
- އިގްތިސޯދު ހަރުދަނާ ކުރުމަށްޓަކައި ގައުމީ ތަރައްގީގައި ޒުވާނުންގެ ދައުރު ފުޅާކުރަން ޖެހޭ
ރައީސް ވިދާޅުވީ، ގައުމީ ތަރައްގީގެ ދުވެލި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ތަރައްގީގެ މަސައްކަތްތަކަށް ފަހި މާހައުލެއް މުޖުތަމައުގައި އޮންނަން ޖެހޭނެ ކަމަށެވެ. އެފަދަ މާހައުލެއް ގާއިމްވަނީ މުޖުތަމައެއްގައި ދިރިއުޅޭ އާންމުންގެ މެދުގައި ސުލްހަ މަސަލަސްކަން ގާއިމްވެފައި އޮތުމުން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިން މިއަދު ތިބީ ޑިމޮކްރަސީގެ ހެވާއި ނުބައި ވަކިވާ ވަރަށް ސިޔާސީ ގޮތުން ތަސައްރަފު ފުދިފައި ކަމަށާއި، އެހެންކަމުން ގައުމުގެ މަސްލަހަތު ރައްކާތެރިކުރެވޭނެ ގޮތަށް ސިޔާސީ ހަރަކާތް ހިންގުމަކީ ކުރިއަށް ހުރި ޖީލުތަކަށް މިއަދު ދައްކަން ޖެހޭ ނަމޫނާ އެއް ކަމަށް ރައީސް ވިދާޅުވިއެވެ. ހަމަ އެއާއެކު ރާއްޖޭގެ އިޖުތިމާއީ މިސްރާބު ކަސިޔާރުވިޔަ ނުދިނުމަށްޓަކައި ގައުމުގެ ހަމަޖެހުމަށް ބުރޫ ނާރާ ގޮތަށް ޑިމޮކްރަސީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ އާންމުންގެ ބޮލުގައި އެޅިފައިވާ ބޮޑު ޒިންމާ އެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޖީއެސްޓީ ބޮޑު ކުރުން އެއީ މިޒަމާނުގެ އިގްތިސާދީ އިލްމްގެ ސައެންސް ދަންނަ ކަމެއް ނޫނޭ ހަގީގަތުގައި ޖީއެސްޓީ ނެގޭނީ އެއީ މަޖްލީހުގައި ތިބޭ މެމްބަރުން ތަކެއް ގަނެގެން އެމެންގެ ވޯޓް އެއަށް ދީގެން ނޫނޭ އެންމެހާ ރައްޔިތުން އެމައްޗަށް އަމަލު ކުރަން ޖެހޭ ގާނޫނެއް ނަމަ އެފަދަ ގާނޫނެއް އޮތް ގޮތަށް ޖެހޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންއޭ ދެން އެފަދަ ވޯޓަކުން ފާސްވާން ޖެހޭނީ ވޯޓްލާ މީހުންގެ %85 އަށް ވުރެން މަތިން ވޯޓް ލިބިގެންނޭ ޓެކްސް ނުނެގޭނެއޭ ރައްޔިތުންގެ ކަރުގައި ހިފާ އެމެންގެ ނޭވާހޮޅިން ވައި ހުސްކޮށްލުން ފަދަ ކަމެކޭ ރައްޔިތުންގެ ރުހުމެއް ނެތި ރައްޔިތުން އަތުން ޓެކްސް ނެގުމަކީ ސަރުކާރުން ވެސް ޖެހޭނީ މަސައްކަތް ކޮށްގެން ސަރުކާރު ހިންގާނެ ފައިސާ ހޯދަން އެގޮތުން ބަލާއިރު މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކާ އެތަން ތަނުން ބިން ތައް ވިއްކާ ސަރުކާރަށް އާމްދަނީ ހޯދަން މިސަރުކާރު ވެރިކަމަށް އައިދުވަހުން ފެށިގެން އެކަން ކުރިނަމަ މިއަދު ޓެކްސް ބޮޑު ކުރަން ނުޖެހޭނެއޭ ރައީސް އިބޫ މިދަނީ އެއް ވެސް ކަމެއް ނުކޮށް ރައްޔިތުން ފެލަމުން އެފައިސާ އިން އޭނާ ރާއްޖޭން ބޭރަށް ދަތުރު ކުރަމުން މަޖާ ކުރަމުންނޭ މީ ސީދާ ރައްޔިތުން ގުދަށް ބާއްވާ ރައްޔިތުން ގައިގައި ޗާބޫކުން ތެޅުމޭ
ދެންކީވެ ސުލްހައަށް ފުރަގަސްދީ މަސްލަހަތު ގެއްލުވާލަނީ އަމިއްލަ އެދުމުގާ އަރާހުރި ވެރިއެއް