މިރޭ 12 އިން ފެށިގެން، ޓީޖީއެސްޓީ 16 ޕަސެންޓަށް އަދި ޖީއެސްޓީ އަށް ޕަސެންޓަށް ބޮޑުވާތީ ވިޔަފާރިތަކުން އެކަމަށް ތައްޔާރުވެ ސަމާލުވުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެދިއްޖެއެވެ.

މީރާއިން ބުނެފައިވަނީ 24 ގަޑިއިރު ހިދުމަތް ނުދޭ ވިޔަފާރިތަކުން އާ ރޭޓުގައި ޖީއެސްޓީ ނަގަން ޖެހެނީ ޖެނުއަރީ 1، 2023 ގައި އެ ވިޔަފާރިތަށް ހުޅުވާ ވަގުތުން ފެށިގެން ވިޔަސް 24 ގަޑިއިރު ހިދުމަތްދޭ ވިޔަފާރިތަކުން މިރޭ 12 އިން ފެށިގެން އާ ރޭޓުގައި ޖީއެސްޓީ ނަގަން ޖެހޭނެ ކަމަށެވެ.

މާދަމާއިން ފެށިގެން ވިޔަފާރިތަކުން ވިއްކާ މުދަލާއި ދޭ ހިދުމަތްތަކުގެ އަގު ޖަހާފައި ހުންނަންވާނީ އާ ރޭޓުގައި ޖީއެސްޓީ ހިމަނައިގެން ކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނީ ޓެކްސް ރޭޓުތަކަށް ގެނައި ބަދަލުތަކަށް ވިޔަފާރިތަކާއި އާންމުން ހޭލުންތެރިކުރުމަށް މީރާއިން މާލެ އާއި އަތޮޅުތެރޭގައި ވަރަށް ހާއްސަ ކެމްޕޭނެއް ކުރިއަށް ގެންދަމުންދާ ކަމަށާއި ޓެކްސް ރޭޓަށް ގެނައި ބަދަލަށް ވިޔަފާރިތަކުން އަމަލުކުރަމުންދޭތޯ ބެލުމަށް މީރާގެ ޓީމުތަކުން ވިޔަފާރިތަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑު ކުރި ވަގުތު ބާޒާރު ކޮތަޅުން 2 ރުފިޔާ ނަގާ ބިލްވެސް ވަނީ ފާސްކޮށްފައެވެ. އަދި އަންނަ ޖެނުއަރީން ފެށިގެން ޓެކްސް ބޮޑުވާއިރު، ބާޒާރު ކޮތަޅަށް ޗާޖް ކުރާ 2 ރުފިޔާވެސް އަންނަ ޖެނުއަރީން ފެށިގެން ނަގަން ފަށާނެއެވެ.