ދައުލަތަށް ދައްކަންޖެހޭ އިތުރު ޓެކްސްގެ ތެރެއިން އެއް މިލިއަން ރުފިޔާއަށް ވުރެ މަތީގެ އަދަދުތައް ނުދައްކައިގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކުރި ކުންފުނިތަކުގެ ލިސްޓުގައި، ރާއްޖޭގެ މަޝްހޫރު ވިޔަފާރިއެއް ކަމަށްވާ ޝްވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހިމެނިއްޖެއެވެ.

މީރާގެ ވެބްސައިޓުގައިވާ "ނޮން-ކޮމްޕްލަޔާސް" ނުވަތަ ގަވާއިދުން ޓެކްސް ނުދައްކާ ފަރާތްތަކުގެ ލިސްޓުގައި ޝްވެކް މޯލްޑިވްސް ހިމަނާފައިވާއިރު، އެ ކުންފުންޏަކީ ޓީއައިއެން ނަންބަރު 1017733 އަދި ރަޖިސްޓްރޭޝަން ނަންބަރު C-0403/2010 ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެކެވެ. މއ. އައިމިރާނީ ބިލްޑިން، ހަވީރީ ހިނގުމުގައި ރަޖިސްޓްރީކޮށްފައިވާ މި ކުންފުނީގެ ވިޔަފާރި ހަރަކާތްތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޝްވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޝްވެކް މޯލްޑިވްސް ކައުންޓަރެވެ.

ދައުލަތަށް ދައްކަންޖެހޭ އެއް މިލިއަން ރުފިޔާއަށް ވުރެ އިތުރުވާ ޓެކްސް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރުމަށް މީރާއިން އާންމުކުރި މި ލިސްޓުގައި ޖުމްލަ 33 ފަރާތެއް ހިމެނެއެވެ. ނަމަވެސް، ކޮންމެ ފަރާތަކުން ދައްކަންޖެހޭ ޖުމްލަ ފައިސާގެ ސީދާ އަދަދު މީރާއިން މި ލިސްޓުގައި ހާމަކޮށްފައެއް ނުވެއެވެ.

ޝްވެކް މޯލްޑިވްސްގެ އިތުރުން، މި ލިސްޓުގައި ހިމެނޭ ފާހަގަކޮށްލެވޭ އެހެން ކުންފުނިތަކުގެ ތެރޭގައި:

  • އަގްދާ އިންޖިނިއާސް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް
  • އަރްގައިލް ޕްރައިވެޓް ލިމިޓެޑް
  • ބީ.އެމް.ސީ ސްލިޕްވޭ އެންޑް ސެލްވޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
  • ބެވަރޭޖް ޓްރިޕަލް ޕްރައިވެޓް ލިމިޓެޑް
  • ބްލޫ ޒިންގް ޕްރައިވެޓް ލިމިޓެޑް
  • ބިޒްނަސް އިމޭޖް ގްރޫޕް ޕްރައިވެޓް ލިމިޓެޑް (ބިގް)
  • ޗަންގްޒޯ ޓްރީނާ ސޯލާ އެނާޖީ ކޯ ލިމިޓެޑް
  • ޗީބޯ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް
  • ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ލިމިޓެޑް
  • ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް
  • އެވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އެވޯސަން އެސްޑީއެން ބީއެޗްޑީ
  • އެފްއެފް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
  • ހުނާން ރުއިން ޓްރޭޑިން ލިމިޓެޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
  • އެމް.އޭ.ޓީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • މެދުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
  • އެމް-ގްލާސް އެންޑް އެލުމިނިއަމް ޕްރައިވެޓް ލިމިޓެޑް
  • މޫންރައިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްނީނޯ (އެމް) އެސްޑީއެން ބީއެޗްޑީ
  • ރީ-ޕްލޭން ޕީޓީއީ ލިމިޓެޑް
  • ރިޔޯކޯ ޕްރައިވެޓް ލިމިޓެޑް
  • ސަން ސްޕޯޓިން ހޮލިޑޭސް ލިމިޓެޑް
  • ޓޫ އެޗް ބްރަދާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
  • ޔުނީ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް
  • ވަންތަ ޕްރައިވެޓް ލިމިޓެޑް

ގަވާއިދުން ޓެކްސް ނުދައްކާ ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކުގެ ނަންތައް އާންމުކުރުމަކީ، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މީރާއިން ކަނޑައަޅާފައިވާ އެންފޯސްމަންޓް އުސޫލުގެ ދަށުން އަޅަމުންދާ މުހިންމު ފިޔަވަޅެކެވެ.