ކަލާފާނު ސްކޫލްގެ ފޭސްބުކް ޕޭޖު ހެކްކޮށްފިއެވެ.
އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ އެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބިގެން އެ މައްސަލަ ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށާއި ފުލުހުންނާ ގުޅިގެން މައްސަލަ ހައްލުކުރަން މަސައްކަތް ކުރާ ކަމަށެވެ.
މި ދަނޑިވަޅުގައި ސްކޫލުގެ ނަމުގައި އެ ފޭސްބުކު އެކައުންޓުން ލިޔާ ޕޯސްޓުތަކާއި ކުރާ ކޮމެންޓުތަކަކީ ކަލާފާނު ސްކޫލުން ކުރާކަމެއް ނޫން ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މިނިސްޓްރީތަކާއި ސްކޫލުތައް އަދި ވަކި ވަކި އިދާރާ ތަކުން ރަސްމީ ބޭނުންތަކަށް ސޯޝަލް މީޑިއާ ޕޭޖުތައް ހިންގަމުންގެންދާއިރު މީގެ ކުރިންވެސް ބައެއް މުވައްސަސާތަކުގެ ރަސްމީ އެކައުންޓްތައް ހެކްކޮށްފައި އެބަހުއްޓެވެ.