މިއަދު ފެމިލީ ކޯޓުން 58 ކައިވެންޏެއް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް، ފެމިލީ ކޯޓުން މިއަދު ބުނެފިއެވެ.

މިއަދު (22 ޑިސެންބަރު 2022) ގައި ފެމިލީ ކޯޓުގައި ގިނަ އަދަދެއްގެ ކާވެނި ކޮށްދިނުމަށް ހަމަޖެހިފައި ވާތީ ކޯޓަށް ދާ މީހުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އަވިން ސަލާމަށް ވެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމުގެ މަގްސަދުގައި ކާވެނި ޑިވިޝަންގެ މަގާ ވީ ފަރާތުގައި ވަނީ ޓެންޓު ޖަހާފައެވެ.

ފެމިލީ ކޯޓުން ބުނީ މިއަދު ފެމިލީ ކޯޓުގައި ޖުމްލަ 58 ކާވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެތެރެއިން 25 ކާވެނި ރަސްމީ ގަޑީގައި ކޯޓުގައި ކޮށްދިނުމަށް ހަމަޖެހިފައި ވާއިރު 33 ކާވެނި ކޮށްދިނުމަށް ހަމަޖެހިފައި ވަނީ ނުރަަސްމީ ގަޑީގައި ކަމަށެވެ.

މި އަހަރުގެ އެންމެ ރީތި ތާރީހު ތަކުގެ ތެރޭގައި ހިމެނޭ 22/2/22 ގައި 85 ކައިވެންޏެއް ފެމިލީ ކޯޓުން ކޮށްދީފައި ވާއިރު އޭގެ ތެރެއިން 46 ކައިވެންޏެއް ކޮށްދީފައި ވަނީ ކޯޓުގައެވެ.