ގުޅީފަޅުގައި ހުރި އެމްޓީސީސީގެ އެކޮމަޑޭޝަން ސައިޓެއްގައި އަލިފާން ރޯވެ އަނދަމުން ދާކަމަށް އެމްއެންޑީއެފުން ދާދި ދެންމެ ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ މައުލޫމާތު ލިބޭ ވަރަކަށް ހާމަ ކުރާނެ ކަމަށެވެ.

މިހާދިސާގައި މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ އިރު އަލިފާނުގެ ހާދިސާ ހިނގައިގެން އުޅެނީ ތިލަމާލެ ބްރިޖް ހަދާ މީހުންގެ ސައިޓެއްގައި ކަމަށް ބައެއް މަސްދަރުތަކުން ބުނި ނަމަވެސް އެމްއެންޑީއެފުން ބުނީ ހާދިސާ ހިނގައިގެން އުޅެނީ އެމްޓީސީސީގެ އެކޮމަޑޭޝަން ބްލޮކެއްގައި ކަމަށެވެ.

"ދަ ޕްރެސް" އަށް އެނގިފައި ވާ ގޮތުން އެ ސައިޓަކީ ކުރިން އެމްޓީސީސީން ބޭނުން ކުރި ސައިޓެއް ނަމަވެސް މިހާރު އެ ސައިޓަކީ ބްރިޖް ހަދާ އެފްކޮންސް ކުންފުނީގެ ބޭނުމަށް ދޫކޮށްފައި ހުރި އެކޮޮމަޑޭޝަން ބްލޮކެކެވެ. އަލިފާނުގެ ހާދިސާ ހިނގި އިރު އެތާނގައި މީހުން ތިބިކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.

ރޯވެފައި ވާ އަލިފާންގަނޑު ނިއްވާލުމަށް އެމްއެންޑީއެފުން ދަނީ ހަރަކާތްތެރި ވަމުންނެވެ.