ފެމިލީ ކޯޓު ފުރާޅަށް އަރާ އޭސީގެ އައުޓްޑޯ ވަގަށް ނަގަން އުޅުނު މީހެއްގެ ބަންދަށް 40 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.
ކުރިމިނަލް ކޯޓުން އަމުރުގައި ބުނެފައިވަނީ ތުހުމަތަށް ވުޖޫދުވާވަރުގެ ހެކި ވެސް ލިބިފައިވާ ކަމަށާއި ފެމިލީ ކޯޓްގެ ފުރާރަ ވައްކަން ކުރި އެ މައްސަލައިގެ ރިޕޯޓްގައިވާ ގޮތުން ފުރާޅަށް އެރި މީހާ އުޅުނީ ކޯޓްގެ އޭސީގެ އައުޓްޑޯ ޔުނިޓެއް ވަގަށް ނެގުމަށް ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ފެމިލީ ކޯޓް އިމާރާތާ އިންވެގެން ހުރި ގެއެއްގެ މާލެއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ މީހެކެވެ.
އެ މީހާ ފެމިލީ ކޯޓުގެ ފުރާޅަށް އެރީ ފުރާޅުން ފެން ފައިބާތީ އެކަން ހައްލުކުރަން ކަމަށް ވެސް ބުނެފައި ވީނަމަވެސް އެ މައްސަލާގައި އެ މީހާ ފުލުހުން ހައްޔަކުރިއިރު އޭނަގެ އަތުން އޭސީއެއްގެ އައުޓްޑޯ ޔުނިޓެއް ފެނިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އެ މީހާއަކީ ވައްކަމާއި މާރާމާރީ އާއި ފޭރުމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ޖުމްލަ 54 މައްސަލައެއް ހިމެނޭ ކުށުގެ ރިކޯޑު އޮތް މީހަކަށްވާއިރު ކުރިން 34 ފަހަރެއްގެ މަތިން އޭނާ ވަނީ ހައްޔަރުކޮށްފައެވެ.