ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށާއި ށ. ފުނަދޫ ކޯޓަށް ފަނޑިޔާރުން އައްޔަން ކޮށްފިއެވެ.

ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް އައްޔަން ކޮށްފައި ވަނީ މ.ވޭވަށް، ކޯނާ، ޔާސިރު މުހައްމަދެވެ. އަދި ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް އައްޔަން ކޮށްފައިވަނީ ރ. މަޑުއްވަރީ، ރުވާގުގެ، އިބްރާހިމް ނަޢީމްއެވެ.

މި ދެބޭފުޅުން މަގާމަށް އައްޔަން ކޮށްފައި ވަނީ މިއަދު ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް އައްޔަން ކުރި ޔާސިރު ވަނީ ވިލާ ކޮލެޖުން ބެޗްލާ އޮފް ޝަރިއާ އެންޑް ލޯ ހާސިލް ކުރައްވާފައެވެ. ތިން އަހަރު ޝަރުއީ ދާއިރާގައި ހޭދަކުރައްވާފައިވާ، ޔާސިރު މިހާތަނަށް ހުންނެވީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައެވެ.

ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް އައްޔަން ކުރެއްވި އިބްރާހިމް ނައީމު ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން ބެޗްލާ އޮފް ޝަރިއާ އެންޑް ލޯ އަދި ވިލާ ކޮލެޖުން މާސްޓާ އޮފް ޝަރިއާ އެންޑް ލޯ ހާސިލް ކުރައްވާފައެވެ.

މީގެ އިތުރުން ފަސް އަހަރު ޝަރުއޯ ދާއިރާއަށް ހިދުމަތް ކޮށްދެއްވާ 2021 އޮގަސްޓް އިން ފެށިގެން ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސާގެ މަގާމް ވަނީ އަދާކުރައްވާފައެވެ.