ޕޯޗުގަލްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ފީފާ ވޯލްޑްކަޕްގައި އާ ރިކޯޑެއް ހަދައިފިއެވެ.

މިގޮތުން، ރޮނާލްޑޯ މިރޭ ވަނީ ގާނާ ކޮޅަށް ލަނޑު ޖަހާ ވޯލްޑްކަޕްގެ ފަސް މުބާރާތުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ރޮނާލްޑޯ މި ތާރީހީ ލަނޑު ޖެހީ މެޗުގެ ދެވަނަ ހާފްގައި ލިބުނު ޕެނަލްޓީއަކުންނެވެ.

ވޯލްޑްކަޕްގެ 5 މުބާރާތުގައި ރޮނާލްޑޯ މިވަނީ 18 މެޗުގެ ތެރޭގައި 8 ލަނޑު ޕޯޗުގަލް ޖަހާ ދީފައެވެ. އަދި އޭނާ ވަނީ ޖުމްލަ 118 ގޯލު ޕޯޗުގަަލްއަށް ކާމިޔާބުކޮށް ދީފައެވެ. ޕޯޗުގަލްއިން އެންމެ ފަހުން ކުޅުނު 12 މުބާރާތުގައި ރޮނާލްޑޯ ކުޅެފައިވާ އިރު އޭނާ ވަނީ މި ހުރިހާ މުބާރާތެއްގައި ވެސް ލަނޑު ޖަހާފައެވެ.

ރޮނާލްޑޯ އަކީ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ފިރިހެން ކުޅުންތެރިޔާއެވެ.

އުމުރުން 37 އަހަރުގެ ރޮނާލްޑޯއަކީ ވޯލްޑްކަޕް ތާރީހުގައި ލަނޑު ޖެހި ދެވަނަ އަށް އެންމެ ދުވަސްވީ ކުޅުންތެރިޔާއެވެ.