މެޗު ކުޅޭ ސްޓޭޑިއަމް: އަލް ބަޔަތް ސްޓޭޑިއަމް

މެޗުގެ ރެފްރީ: ޑެނިއަލް އޮރްސާޓޯ (އިޓަލީ)

މެޗު ފަށާ ގަޑި: 9 ޖަހާ އިރު ( މާލޭ ގަޑިން)

2022 ވަނަ އަހަރުގެ ވޯލްޑްކަޕް ގަތަރުގައި ބާއްވާނެކަން 2010 ވަނަ އަހަރު އިއުލާނު ކުރުމާއެކު މިރޭގެ މެޗަށް ގަތަރުން ތައްޔާރުވާން ފެށިއެވެ. ވޯލްޑްކަޕްގެ 92 އަހަރުވީ ތާރީހުގައި މުބާރާތް ބާއްވާ ގައުމުން ކުޅޭ ފުރަތަމަ މެޗުން ބަލިވެފައި ނުވާ އިރު ވޯލްޑްކަޕްގައި ގަތަރުން ކުޅޭ ފުރަތަމަ މެޗަކީ މި ރިކޯޑް ބްރޭކްވާނެ މެޗަކަށް ވާ ކަށް އެޓީމުން ބޭނުމެއް ނުވާނެއެވެ.

އެކުއަޑޯއަކީ ލެޓިން އެމެރިކާގެ ބޮޑެތި ބާރުތައް ކަމަށްވާ ބްރެޒިލް އަދި އާޖެންޓީނާ ފަދަ ގައުމެއް ނޫން ނަމަވެސް އެގައުމަކީ ވެސް ވޯލްޑްކަޕްގެ ތަޖުރިބާ އޮތް ގައުމެކެވެ. އަދި މިފަހަރު ގަތަރުގައި ކުޅޭ އެކުއަޑޯގެ ޓީމަކީ މިމުބާރާތުގައި ކުޅޭ ދެވަނައަށް އެންމެ ޒުވާން ޓީމެވެ.

ގަތަރު: ޓީމު ނިއުސް

ގަތަރުގެ ކޯޗް ފީލިކްސް ސަންޗޭޒްއަށް މުޅިން ފިޓް ސޮޑަކުން ފުރަތަމަ 11 ހިޔާކުރަން ލިބޭ އިރު އެގައުމުގެ ފޯވަޑް ލައިންއިން ފެނިގެން ދާނީ ކުޅަދާނަ ދެ ޒުވާނުން ކަމަށްވާ އަކްރިމް އަފީފްއާއި އެންމެ ގިނަ ލަނޑު ޖަހާ ދީފައިވާ އަލްމޮއިޒް އަލީއެވެ.

ގަތަރުގެ ޓީމު ދަނޑަށް އަންނަނީ/ފޮޓޯ: ޓުވިޓާ

2019 ވަނަ އަހަރުގެ އޭޝިއަން ކަޕް ގަތަރަށް ހޯދައިދިނުމުގައި އަލީގެ ރޯލު ބޮޑު އިރު އެފަހަރުގެ މުބާރާތުގެ ގޯލްޑަން ބޫޓު ހޯދީ ވެސް އޭނާއެވެ.

ގަތަރުގެ ފުރަތަމަ 11 (1-2-4-3)

ކީޕަރު: ސާދް އަބްދުﷲ އަލް ޝީބް

ޑިފެންޑަރުން: ޕީ މިގެލް، ރާވީ، ސަލްމާން، ހަސަން، އަހްމަދު

މިޑްފީލްޑް: އަބްދުލް އަޒީޒް ހަތީމް، ކަރީމް ބައުދިއަފް، ހަސަން އަލް ހެއިޑޯސް

ފޯވަޑުން: އަލްމޮއިޒް އަލީ، އަކްރަމް އަފީފް

އެކުއަޑޯ

އެކުއަޑޯ ގަތަރާ ކުރިމަތިލާ އިރު މުހިންމު ބައެއް ކުޅުންތެރިން ތިބީ އިންޖަރީގައެވެ. އެހެން ނަމަވެސް ޓީމުގެ ސްޓާރުން ކަމަށްވާ މޮއިސަސް ސަސައިޑޯ އަދި ޕާވިސް އެސްޓުޕޭނިއާ މިރޭގެ މެޗުން ފެންނާނެއެވެ.

އެކުއަޑޯ ޓީމުގައި ހިމެނީ ގިނައިން ޒުވާން ކުޅުންތެރިން/ފޮޓޯ: ގޫގަލް

އެކުއަޑޯގެ ފުރަތަމަ 11 (ފޯމޭޝަން: 2-4-4)

ކީޕަރު: ހާނާން އިސްމާއިލް ގަލިންޑަޒް

ޑިފެންޑަރު: އެސްޓުޕީނިއަން، ޕިއޭރޯ ހިންކާޕީ، ފީލެކްސް ޓޮރޭސް، ޕްރެސިއާޑޯ

މިޑްފީލްޑަރުން: ރޮމާރިއޯ އިބާރާ، ސައީޑޯ، މެންޑޭޒް، ގޮންޒާލޯ ޕްލޭޓޯ

ފޯވަޑް: މައިކަލް އެސްޓްރާޑާ، އެނާ ވެލަންސިއާ