80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ސޭލެއް އެސްޓީއޯ އިން ފަށައިފިއެވެ.

އެސްޓީއޯގެ އަހަރު ނިންމާ ސޭލް އިފްތިތާހުކޮށްފައި ވަނީ، އެކަމަށްޓަކައި އެސްޓީއޯގެ ޕީޕަލްސް ޗޮއިސް ސުޕަމާކެޓުގައި ބޭއްވި ކުޑަވަރެއްގެ ހަފްލާއެއްގައެވެ.

އެސްޓީއޯ އިން ބުނީ، މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި އެސްޓީއޯގެ ސުޕަމާކެޓުތަކުން 500ރ އަށް ވުރެ އިތުރަށް ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ.

އަހަރު ނިންމާ ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ލިބޭ އިނާމުތައް:

  • 1 ވަނަ: 65 އިންޗިގެ ޓީވީއަކާއި، ސައުންޑް ސިސްޓަމަކާއި އައިސްއަލަމާރި އެއް
  • 2 ވަނަ: 15،000ރ ގެ ގިފްޓް ވައުޗަރެއް
  • 3 ވަނަ: 5،000ރ ގެ ގިފްޓް ވައުޗަރެއް

އޭގެ އިތުރުން، މި އަހަރުގެ ނިޔަލަށް (ޕްރޮމޯޝަންގެ މުއްދަތުގައި)، އެސްޓީއޯ އިން ވިއްކާ ކޮންމެ މުދަލަކަށް 80 ޕަސެންޓުގެ ޑިސްކައުންޓް ދޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

މިއީ މި އަހަރުގެ ތެރޭ އެސްޓީއޯ އިން ކުރިއަށް ގެންދާ އެންމެ ބޮޑު އެއް ސޭލެވެ. އެ ސޭލްގެ ތެރޭގައި މި ފެށޭ ވޯލްޑް ކަޕަށް ހާއްސަ ޕްރޮމޯޝަންތަކެއް ވެސް ކުރިއަށް ދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.