އުތުރު ކޮރެއާއިން ފުލުފުލުގައި ކުރިއަށް ގެންދާ މިސައިލް ޓެސްޓް ތަކުގެ މައްސަލައިގައި 15 މެންބަރުން ހިމެނޭ އދ ގެ ސެކިއުރިޓީ ކައުންސިލްގައި އެމެރިކާއިން ރަޝިއާ އާއި ޗައިނާ އަށް ފާޑުކިޔައިފިއެވެ.
އެމެރިކާއިން ބުނީ، އުތުރު ކޮރެއާގެ އަމަލުތައް ކުށްވެރި ކޮށްލަން ނުކެރި އެ ދެގައުމުން ލެނބެނީ ފަހަތަށް ކަމަށެވެ.
އުތުރު ކޮރެއާގެ މައްސަލައިގައި އިއްޔެ ބޭއްވި ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމުގައި އެ ގައުމު ކުށްވެރިކޮށް ބަޔާނެއް ނެރޭކަށް ފާހެއް ނުވެއެވެ. އެ މައްސަލައިގައި އެމެރިކާއާއި ބައިވެރިން ރުޅި ގަދަވެ އެ ގައުމުތަކުން ވަކިވަކިން އުތުރު ކޮރެއާ ކުށްވެރި ކޮށް ބަޔާން ނެރުނެވެ.
އުތުރު ކޮރެއާއިން ހުސްވި ހަފްތާގައިވެސް 17 މިސައިލެއް ޓެސްޓް ކުރިއެވެ. އޭގެ ތެރޭގައި ބެލަސްޓިކް މިސައިލާއި ކުރު ރާސްތާ އައި ދުރުރާސްތާ މިސައިލް ހިމެނޭ އިރު، އެއް މިސައިލް ދެކުނު ކޮރެއާގެ އިމުގެ ތެރެއަށް މޫދަށް ވެސް ވެއްޓުނެވެ.
މި މައްސަލައިގައި ދެކުނު ކޮރެއާއިން ވައިގެ މަގުން 3 މިސައިލް، ދެގައުމު ގުޅޭ ކަނޑަށް ފޮނުވާލައި އިންޒާރު ދިނުމުން، އުތުރު ކޮރެއާއިން ވަނީ ބޮޑުބަޑި ބޭނުންކޮށްގެން 100 އަށް ވުރެ ގިނަ އުންޑަ އެ ސަރަހައްދުގެ ކަނޑަށް ފޮނުވާލާފައެވެ.
މިއަހަރުގެ މިހާތަނަށް އުތުރު ކޮރެއާއިން 60 މިސައިލް ޓެސްޓް ކޮށްފައި ވާ އިރު، އެއީ ގައުމަކުން އަހަރެއްގެ ތެރޭގައި މިހާތަނަށް އެންމެ ގިނައިން މިސައިލް ޓެސްޓް ކުރި ވަރެވެ.
އިއްޔެ ސެކިއުރިޓީ ކައުންސިލްގައި ނެގި ވޯޓުގައި ރަޝިއާ އާއި ޗައިނާ ނޫން ހުރިހާ ގައުމަކުން ވޯޓު ދިނީ އުތުރު ކޮރެއާގެ އަމަލުތައް ކުށްވެރި ކުރުމަށެވެ.
އެމެރިކާއާއި އެމީހުންގެ ބައިވެރިން ގުޅިގެން ފަލަސްތީނުގެ ރައްޔިތުން ނާއި ދޭތެރޭގައި ހިންގާ ޖަރީމާތައް އެމީހުންނަކަށް ނޭގޭ