އިޒްރޭލުން ގަޒާ ހިފާ ތަޅާ ސުންނާފަތިކޮށް އަދި މިހާރު ނުހިފާ ބާކީ އޮތް ރަފާ ހިފަން ދިމާކޮށްފައި ވާ އިރު ގާޒާ އާރާސްތު ކުރުމަށް އެހީ ހޯދާ ކޮންފަރެންސްގައި 2 ބިލިއަން އެމެރިކާ ޑޮލަރު ދޭން ބައިވެރިން އެއްބަސްވެއްޖެއެވެ.
ކުވައިތުގައި މިއަދު ބޭއްވި އިންޓަނޭޝަނަލް އިސްލާމިކް ޗެރިޓަބަލް އޯގަނައިޒޭޝަން (އައިއައިސީއޯ) ގެ ބައްދަލުވުމުގައި ޔޫއެން ހިއުމެނިޓޭރިއަން އެޖޭންސީ (އޯސީއެޗްއޭ) ވެސް ބައިވެރިވެފައި ވެއެވެ.
އެ ޖަމާއަތުން މިއަދު ބުނީ ގައުމުތަކުން 2 ބިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެފައި ވާ ކަމަށާއި އެއީ 2 އަހަރެއްހާ ދުވަހުގެ މުއްދަތެއްގެ ތެރޭގައި ދޫކުރާނެ ފައިސާ ކަމަށެވެ. އަދި އެ ފަންޑު ކުރިއަށް އޮތް ތަނުގައި އިތުރު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މި ފަންޑުން އަމާޒު ކޮށްފައި ވަނީ ގާޒާ އަށް އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށާއި ވީރާނާ ކޮށްލާފައި ވާ ގާޒާ އާރާސްތު ކުރުމުގެ އިތުރުން ބޯހިޔާވަހިކަމާއި ސިއްހީ ފަރުވާ އާއި ތައުލީމާއި އިގުތިސޯދީ މަސައްކަތްތައް ފަށައިގަތުމަށެވެ.
މި ބައްދަލުވުމުގައި އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވެސް ބައިވެރިވެވަޑައިގެންފައި ވާ އިރު އޭނާ ވަނީ ވަގުތުން ހަމަލާތައް ހުއްޓާލުމަށް ގޮވާލައްވައި ގޮވާލެއްވުން ތަކުރާރު ކުރައްވާފައެވެ. އިތުރަށް އޭނާ ވިދާޅުވީ, ހަމާސްގެ އަތްދަށުގައި ތިބި ހުރިހާ ރަހީނުން މިނިވަން ކޮށް އިންސާނީ އެހީތެރިކަން ލަސްނުކޮށް ފޯރުކޮށްދޭން ފެށުމަށެވެ. އަދި ހަމަލާތައް ހުއްޓާލުން ވަނީ ފެށުމަކަށް ކަމަށާއި ހަމަލާތަކުގެ ސަބަބުން ގާޒާގެ ރައްޔިތުންނާއި ގުޑަކުދިންނަށް ދިމާވެފައި ވާ ނަފްސާނީ ބިރުވެރިކަމުން އަރައިގަތުމަށް ކުރަން ޖެހޭ ދަތުރު ދިގުކަމަށެވެ.
އޮކްޓޫބަރު 7, 2023 ގައި އިޒްރޭލުގެ އުދުވާން ފެށިފަހުން މި ފާއިތުވީ 7 މަސް ދުވަހުގެ ތެރޭގައި މިހާރު ވަނީ 35,000 މީހުންގެ ފުރާނަ ދުއްވާލާފައެވެ. އަދި ޒަހަމް ކޮށްލި މީހުންގެ އަދަދު މިހާރު ވަނީ ލައްކަ އަކާ ގާތް ކޮށްފައެވެ.
އިޒްރޭލުގެ އުދުވާން އަދިވެސް ވަރުގަދަ ކޮށް ކުރިއަށް ދާ އިރު މިހާރު އަމާޒު ހިފާފައި ވަނީ 1.4 މިލިއަން އާންމުން ތިބި ރަފާ އިން އެންމެން ފައްސާލައި ނުދިޔަ ބަޔަކާއެކު ބޮން އަޅާ ހަމަލާ ދީ އެތަންވެސް ފުނޑުފުނޑު ކޮށްލާށެވެ.
އެހީއަށް ވުރެ މުހިންމު ޔަހޫދީ ދައުލަތް ނައްތާލުން