ގަވާއިދާ ހިލާފަށް ރަޖިސްޓާ ކުރި އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލް ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ނަހުލާ ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނާއި ހަދަމުންދާ އޯޑިޓް ތެރެއިން އޮޅުވާލައިގެން ރަޖިސްޓާކޮށްފައިވާ އުޅަނދުތައް ދަނީ ފެންނަމުން ކަމަށާއި ގަވާއިދާއި ހިލާފަށް ރަޖިސްޓަރ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލް ކުރާނެ ކަމަށެވެ.
އުޅަނދު ރަޖިސްޓާ ކުރުމުގައި ގަވާއިދުގެ ތެރެއިން ކުރުމަށް ނަހުލާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް ކަން ފާހަގަކުރައްވާ ނަހުލާ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވަކި މީހަކަށް ބެލުމެއްނެތި އަޅާނެ ކަމުގެ ޔަގީންކަން ނަހުލާ ވަނީ ދެއްވާފައެވެ.
ނަހުލާ އިތުރަށް ވިދާޅުވީ މިފަދަ ކަންތައްތައް ހަމަ މަގަށް އެޅުމުގައި އެއްވެސް ފަސްޖެހުމެއްނެތި މަސައްކަތްކުރާނެ ޔަގީންކަން ދެއްވާ ކަމަށެވެ.