މާމިނގިލި ދާއިރާގެ ގޮނޑި މިފަހަރު ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކާމިޔާބުކޮށްފައިވާއިރު، އަނބިކަބަލުން އާއިޝަތު ނަހުލާއަށް ވަނީ ހުޅުމާލެ ދެކުނު ދާއިރާ ނާކާމިޔާބު ވެއްޖެއެވެ.
މީގެ ކުރިން ނަހުލާ ސިޔާސީ މަގާމެއް ފުރުއްވާފައި ވަނީ މިދިޔަ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓަރު ކަމުގެ މަގާމެވެ. މަޖިލިސްއަށް ނަހުލާ ކުރިމަތިލެއްވި މިއީ ފުރަތަމަ ފަހަރެވެ.
ރިޔާސީ އިންތިހާބުގައި ވެސް ވަނީ ޖޭޕީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަ ކުރައްވާފައެވެ. އިންތިހާބުގެ ފުރަތަމަ ބުރުން ގާސިމް ނާކާމިޔާބު ވަޑައިގެންނެވިއިރު އެމަނިކުފާނަށް ލިބިވަޑައިގަތީ 5460 ވޯޓެވެ. ނަމަވެސް ގާސިމް އިބްރާހީމް ވަނީ 28 މެއި 2009 އަކުން ފެށިގެން މިއަދާ ހަމައަށް މެދުނުކެނޑި 14 އަހަރު މަޖިލީހުގެ މާމިގިލީ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައެވެ. ގާސިމް މިހާރު ކުރިމަތި ލައްވާފައި އެވަނީ 4 ވަނަ ދައުރަށެވެ
މިވަގުތު ހުރިހާ ވޯޓު ފޮށީގެ ވޯޓުތައް ދަނީ ގުނަމުން އަދި ނަތީޖާތައް ނެރެމުންނެވެ. އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00ގައި ފަށާފައިވާއިރު ކިއުތައް ބަންދުކޮށްފައި ވަނީ ހަވީރު 5:30 ގައެވެ. 5:30 ގައި ކިއުގައި ތިބި މީހުންނަށް އީސީއިން ވަނީ ވޯޓުލުމުގެ ފުރުސަތު ދީފައެވެ.
މިއަދު ހަވީރު 5:00 އާ ހަމައަށް ޖުމްލަ 207،693 މީހުން ވޯޓު ލާފައިވާކަމަށް އީސީއިން ވަނީ ބުނެފައެވެ. އެއީ ވޯޓު ލެވޭ މީހުންގެ އާބާދީގެ 72.96 ޕަސެންޓު މީހުންނެވެ. 5:00 އާ ހަމައަށް ވޯޓުލައްވާފައި ވަނީ 102،867 އަންހެނުންނާއި 104،826 ފިރިހެނުން ކަމަށް އީސީ އިން ވަނީ ބުނެފައެވެ.
މާކުރިންވެސް އެނގޭ އާއިޝާއަކަށް ނުވާނެކަން ދެންވެސް އަރިމަތިން ދަރިންނެރެން ވިސްނަބަލަ