އެޑްގާ ރައިސް ބޮރޯސް 1912 ވަނަ އަހަރު އުފެއްދި ކެރެކްޓާ "ތާޒަން" ގެ ފިލްމެއް އުފައްދަން ސޮނީ ޕިކްޗާސް އިން ނިންމައިފިއެވެ.
އެޑްގާ ރައިސް ބޮރޯސްގެ ކެރެކްޓާ 'ޓާޒަން'ގެ ސްކްރީން ރައިޓްސް ހޯދުމަށްފަހު އެ ކެރެކްޓާ އަށް 'ޓޯޓަލް ރީއިންވެންޝަން" އެއް ދިނުމަށް ސޮނީ ޕިކްޗާސްއިން ވަނީ ނިންމާފައެވެ. ތާޒަން ކެރެކްޓާ އަށް މީގެ ކުރިން ވަނީ ގިނަ ކާޓޫންތަކާއި ސީރީޒްތަކެއް އުފައްދާފައެވެ.
އާންމުންގެ މެދުގައި މަގްބޫލު ކެރެކްޓާ ތާޒަންގެ އެންމެ ފުރަތަމަ ފެނިލުމެއް ފެނިގެންދިޔައީ "ތާޒަން: ދަ ލޯޑްސް އޮފް ދަ ޖަންގަލް" އިންނެވެ. މިއީ ފިލްމޭޝަން އިން އުފެއްދި ހަތަރު ސީޒަންގެ މައްޗަށް އެކުލެވިގެންވާ ސީރީޒެކެވެ. މި ސީރީޒުގެ ފުރަތަމަ އެޕިސޯޑެއް އާންމުންނާ ހަމައަށް އައީ 1976 ވަނަ އަހަރުގައެވެ. ޖަންގަލް ހީރޯގެ ގޮތުގައި ތާޒަން ވެގެންދިޔައިރު ތާޒަން އަކީ ޖަންގަލް ހީރޯގެ ފުރަތަމަ އެނިމޭޓަޑް ސީރީޒްވެސް މެއެވެ. މި ސީރީޒްގައި ޖުލްމަ 36 އެޕިސޯޑު ހިމެނެއެވެ.
އޭގެ ފަހުން 1999 ވަނަ އަހަރު ޑިޒްނީ އިން ވަނީ ތާޒަންގެ ނަމުގައި ކާޓޫނެއް ވެސް ގެނެސްދީފައެވެ. މި ކާޓޫން ޑައިރެކްޓްކުރީ ކެވިމް ލިމާ އެވެ. 130 މިލިއަން ޑޮލަރުގެ ބަޖެޓަކުން މި ފިލްމު އުފެއްދި އިރު މި ފިލްމަށް ވަނީ 448 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. މިއަދު ވެސް އާންމުންގެ މެދުގައި މަގްބޫލު މި ކާޓޫނުގެ ފިލްމެއް އުފައްދަން އުޅޭ ކަމުގެ ހަބަރަކީ ފިލްމުގެ ފޭނުންނަށް ވަރަށް އުފާވެރި ހަބަރެކެވެ.
ތާޒަންގެ ފިލްމެއް ގެންނަން ސޮނީ އިން ހާމަކުރި ނަމަވެސް ފިލްމާ ގުޅޭ އެއްވެސް އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ތާޒަން އިން ފެނިގެންދަނީ ޖަންގަލި ތެރޭ ރާމާމަކުނު ތަކަކާއެކު ބޮޑުވާ ޔަތީމު ކުއްޖަކަށް ޒުވާން އަންހެން ކުއްޖެއް ފެނި ލޯބިވެގެން ކަންތައްތައް ވެގެންދާ ގޮތެވެ. އެ ޔަތީމު ކުއްޖާ އަކީ ތާޒަން އެވެ. އިންސާނެއްގެ ގޮތުގައި ތާޒަން ހުރި ނަމަވެސް އެއްވެސް އިންސާނީ އެހެން ސިފައެއް ތާޒަންގެ ކިބައިން ނުފެންނައިރު އެ އަންހެން ކުއްޖާ އާއެކު އޭނާ އުޅުމަށް ކުރާ މަސައްކަތް ފެނިގެންދެއެވެ.