ކުރީގެ ރައީސް އަދި އިދިކޮޅު ސިޔާސީ ޕާޓީގެ ލީޑަރު އަބްދުﷲ ޔާމީން އަންނަ ބުރާސްފަތު ދުވަހު ދ. ކުޑަހުވަދޫއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
ޕީޕީއެމް އިން ބުނީ، ރައީސް ޔާމީން ދ. ކުޑަހުވަދޫއަށް ވަޑައިގަންނަނީ އެ ރަށުގެ ރައްޔިތުންނާ ގާތުން ބައްދަލު ކުރުމަށާއި އަދި ޕާތީގެ ކަންކަން ފުޅާ ކުރުމަށް ކަމަށެވެ. އެ ގޮތުން ޕާތީގެ ހަރަކާތް އިތުރުކުރުމާއި ޕާތީގެ މެންބާޝިޕް އިތުރު ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެނދިއުމަށް ހަމަޖެހިފައިވާ ކަމަށް ޕީޕީއެމުން ބުނެއެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޑަހުވަދޫގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޕީޕީއެމުން ބުނެއެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް އިން ވާދަ ކުރާނެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ކަނޑައަޅައި އެމަނިކުފާނަށް ރިޔާސީ ޓިކެޓް ހަވާލު ކުރި ފަހުން މިއީ އެމަނިކުފާނު ރަށަކަށް ވަޑައިގަންނަވާ ފުރަތަމަ ދަތުރުފުޅެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީނަށް ދިނީ، 5 އަހަރު ވެރިކަން ކުރައްވާފައި ހުންނަވާ ބޭފުޅަކަށް ޕްރައިމަރީ އަކާ ނުލައި ޓިކެޓް ދެވޭ ގޮތަށް އަސާސީ ގަވައިގަށް ގެނައި ބަދަލެއްގެ ދަށުންނެވެ.
ޔާމީނު ގައިގާ އަދިވެސް ވަރު އެބަހުރި. ކާންބޯން އަދި ތަނަވަސް ދިރިއުޅުމެއް ހޯދަން ކުރަން އެނގިފަ އޮތް މަސައްކަތަކީ މިއީ. ވީމާ އޭނަޔަށް އެމަސައްކަތް ކުރުމުގެ ހައްގު އޮންނާނެ. އެހެންވީމާ އެމަސައްކަތް ކުރަނީ. ދިވެޙީން ހަދާނެ އެއްޗެއް ދިވެހީން ހަދާނެ! ބީ ކޫލް!