ސިވިލް ސާވިސް ކޮމިޝަނަށް 3 މެންބަރަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ނަންތައް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުން، ސިވިލް ސާވިސް ކޮމޝަނަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެ ކޮމިޝަނަށް އައްޔަން ކުރެއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ފަސް ބޭފުޅެއްގެ ނަން ހުށަހަޅުއްވާފައެވެ. ސިވިލް ސާވިސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ނަން ފޮނުއްވެވީ އެ ކޮމިޝަނުގެ 3 މެންބަރެއްގެ މަގާމުގެ މުއްދަތު އަންނަ މަހުގެ 3 ވަނަ ދުވަހަށް ހަމަވާތީއެވެ.

ރައީސް މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންތަކަކީ:

  • މުހައްމަދު ނާސިހު، މ. ފަލްކަންގެ
  • ޑރ. ހުސައިން ފާއިޒު، ދަފްތަރު ނަންބަރު: 1325ޑރ.
  • ދީބާ މޫސާ، މ. ވައިޓްބެލް
  • ބަދުރިއްޔާ މޫސާ، ދަފްތަރު ނަންބަރު: ރސ 2414ޑރ.
  • ފާތުމަތު މުނާ، ވާދީއާގެ ގއ. ވިލިނގިލި
  • އައިމިނަތު އުއްމުކުލްޘޫމް، މޫންލައިޓް ހައުސް، ސ. މަރަދޫ

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ވަނީ ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރެއްވުމުގެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފައެވެ.

ސިވިލް ސަރވިސްގެ ގާނޫނުގައި ބަޔާންވެގެންވަނީ، ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން ނުވަތަ މެންބަރަކު ޢައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ޢާންމުކޮށް އިޢުލާންކޮށް، އެކަމަށް އިޖާބަދޭ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކޮށް ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.