މި އަހަރު 1500 ހާ ކުދިން އަތޮޅުތަކުން މާލޭ ސްކޫލްތަކަށް ބަދަލުވި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މިއަދު މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރަށްރަށުގައި ސްކޫލްތަކުގެ ދަރިވަރުންގެ އަދަދު މަދުވަން މެދުވެރިވާ ސަބަބާ ގުޅޭގޮތުން ޝަރީފު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިއަހަރު ގާތްގަނޑަކަށް 1500 އެއްހާ ކުދިން އަތޮޅުތަކުން މާލޭ ސްކޫލްތަކަށް ބަދަލުވެފައި އެބަތިބި ކަމަށާއި ލަފާކުރެވޭ ގޮތުގައި އެއީ ހިޔާ ފްލެޓަށް ބަދަލުވި އާއިލާތައް ކަމަށެވެ.

ގާތްގަނޑަކަށް 1500 އެއްހާ ކުދިން އަތޮޅުތަކުން މާލޭ ސްކޫލްތަކަށް ބަދަލުވެފައި އެބަހުރި. ލަފާކުރެވެނީ ހިޔާ ފްލެޓަށް ބަދަލުވި އާއިލާތަކޭ. އެހެންވީމަ މައިގްރޭޓް ކުރުމުގެ އިޝޫވެސް އެބަ އުޅޭ ރަށްރަށުން ކުދިން މަދުވުމާ
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ

ހާއްސަކޮށް ހުޅުމާލެ ސްކޫލުތަކަށް އަތޮޅުތެރެއިން ގިނަ އަދަދަކަށް އާ ކުދިން ވަނުމަށް ހުށަހަޅާފައިވާކަމަށް މިނިސްޓަރު ފާހަގަކުރެވިއެވެ.

މިނިސްޓަރުގެ މި ޖަވާބާ ގުޅިގެން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ އާބާދީގެގޮތުން ދަރިވަރުން މަދުވަމުން އަންނަ ސްކޫލްތަކަށް އޭލެވެލް އަދި މަތީ ގްރޭޑްތަކަށް ކިޔެވޭނެ ގޮތެއް ހޯދުމަށް މިނިސްޓްރީން ޕްލޭނެއް ގެންގުޅޭތޯ ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސެޓަލައިޓް ނިޒާމުން ސްކޫލްތަކަށް މަތީ ގްރޭޑްތައް ތައާރަފުކުރެވުމުން ބަޖެޓަށް އަންނާނެ ނަތީޖާ ދެނެގަތުމާ ގުޅޭގޮތުން ދިރާސާއެއް ތައްޔާރު ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވަނީ އެކުދިންނަށް ވެސް ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދެވޭނެ ކަމަށް ފާހަގަކުރައްވާ ކަމަސެވެ.