މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކޮށް ހިންގާ ޓެކްނިކަލް އިންސްޓިޓިއުޓް ކޯސްތަކުގައި ސްކޫލް ދަރިވަރުން ބައިވެރި ކުރަން މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއެކު އެއްބަސް ވުމުގައި މިއަދު ސޮއި ކޮށްފިއެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ މިއަދު އެކުލަވާލެވުނު އެއްބަސްވުމާއެކު "ބްރިޖިންގް އެކްސެލެންސ،ް ސްކޫލް ސްޓޫޑެންޓްސް ޓިވެޓް ޕްރޮގްރާމް" ގެ ދަށުން ސްކޫލްތަކުގެ ގްރޭޑް 9 އަދި10 ގެ ދަރިވަރުންނަށ،ް ނެޝަނަލް ލެވެލް ސެޓްފިކެޓް 3 އަދި 4 ގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މިފަދަ ފުރުސަތެއް ފަހި ކޮށްދިނުމުގެ މައިގަނޑު މަގްސަދަކީ ސްކޫލްތަކުގައި ތިބި ތަފާތު ހުނަރުތަކުން ކުރިއަށް ދާން ބޭނުންވާ ދަރިވަރުންނަށް އެފުރުސަތު ހުޅުވާދީ އެފަދަ ދަރިވަރުން މަދުރަސީ ތައުލީމު ނިންމާއިރު ފައިދާ ހުރި މަސައްކަތަކާއި ދިމާލަށް ދިއުމަށް ފުރުސަތު ފަހިކޮށްދީ އެދާއިރާއަކު މަތީ ތަޢުލީމު ހާސިލް ކުރުމަށް ފުރުސަތު ދިނުން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މިހާރު ގާއިމް ކުރަމުންދާ ޓެކްނިކަލް އިންސްޓިޓިއުޓްތަކުގެ ތެރެއިނ،ް ރ. އަލިފުށީގައި ގާއިމްކުރާ ރ. އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓުގެ އިތުރުން ހއ. ދިއްދޫގައި ގާއިމްކުރާ ހއ.އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓްގެ އިމާރާތްކުރުމުގެ ބޮޑުބައެއް ވަނީ ނިމިފައެވެ. އަދި ހަމައެހެންމެ އެ އިމާރާތުގެ ގްރައުންޑް ފްލޯގެ މަސައްކަތްތައް ނިންމާ ގްރައުންޑް ފްލޯގެ ހިދުމަތްތައް ފަށައިގަތުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް ބުނެފައި ވެއެވެ. އެެގޮތުން، އެ އިންސްޓިޓިއުޓްގެ ނިމިފައިވާ އިމާރާތްތަކަށް ފަރުނީޗަރު ހޯދުމާއ،ި ވޯކްޝޮފްތަކަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށާއި ވޯލްޑް ބޭންކްގެ އެހީގައި ސްޓޭޓް އޮފް ދި އާރޓް އައިސީޓީ ލެބޯޓަރީއަށް ބޭނުންވާ ހުރިހާ އިކުއިޕްމެންޓްތައް ހޯދާ ރ. އަތޮޅު ސެންޓަރުގެ ލެބޯޓަރީގެ މަސައްކަތް އެއްކޮށް މިހާރު ވަނީ ނިންމާފައެވެ.

އިންސްޓިޓިއުޓް އިމާރާތުގައި ފެސިލިޓީ ގާއިމްކޮށްފައި

އަދި ހއ.އޮތޮޅު ޓެކްނިކަލް ސެންޓަރަށް ބޭނުންވާއައ.ިސ.ީޓީ ލެބޯޓަރީ ސާމާނު ސަޕްލައި ކުރުމުގެ މަސައްކަތް ކުރިއަށްއޮތް ދެ ހަފްތާތެރޭ ނިމޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ. މި ޓެކްނިކަލް ސެންޓަރުތަކުގައި ވޮކޭޝަނަލް ދާއިރާތަކުން ތަފާތު ކޯސްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން 2024 ވަނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ޖުމްލަ 10 ކޯހެއް ފެށުމަށް ދަނީ ތައްޔާރުވަމުން ދާއިރު އެ ކޯސްތަކުގެ ތެރޭގައި:

  • ނެޝަނަލް ސެޓިފިކެޓް 3 އިން ފައިބަރގްލާސް ބޯޓް ބިލްޑިންގް
  • ނެެޝަނަލް ސެޓިފިކެޓް 3 އިން ޕްރޮގްރާމިންގް
  • ނެޝަނަލް ސެޓިފިކެޓް 3 އިން ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިންގް
  • ސެޓިފިކެޓް 3 އިން އިންފޮމޭޝަން ޓެކްނޮލޮޖީ
  • ސެޓިފިކެޓް 3 އިން އޮފީސް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން
  • ނެޝަނަލް ސެޓިފިކެޓް 4 އިން ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިންގް
  • އެޑްވާންސް ސެޓިފިކެޓް އިން އިންފޮމޭޝަން ޓެކްނޮލޮޖީ
  • އެޑްވާންސް ސެޓްފިކެޓް އިން ޕްރޮގްރާމިންގް
  • ޑިޕްލޮމާ އިން ޕްރޮގްރާމިންގްް
  • ޑިޕްލޮމާ އިން ނެޓްވޯކިންގް ހިމެނެއެވެ.

މި ޓެކްނިކަލް އިންސްޓިޓިއުޓްތަކުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ހުރިހާ ކޯސްތަކެއް ކުރިއަށްދާނީ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. އަދި ހަމައެހެންމެ މިއިންސްޓިޓިއުޓް ތަކުގައި ހިންގާ ހުރިހާ ކޯސްތަކެއްގައިވެސް ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން "ޓްރާންސިޝަން 360" - ޓިވެޓް ސްޓޫޑެންޓް އިންކިއުބޭޝަން ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް ވެސްވަނީ ހަމަޖެހިފައެވެ. މިޕްރޮގްރާމްގެ ދަށުން ދަރިވަރުން ކިޔަވާ ކޯސްތަކުގެ މޮޑިއުލްތަކުގެ އިތުރުން 30 ގަޑިއިރުގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމެއް ކުރިޔަށް ގެންދާނެއެވެ.

ގާއިމް ކުރަމުންދާ އިންސްޓިޓިއުޓެއްގެ އިމާރާތް

ނ. ވެލިދޫގައިވެސް މިފަދަ ޓެކްނިކަލް އިންސްޓިޓިއުޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ދެއެވެ. އަދި ކ. ތުލުސްދޫ އާއި ނ. ކެނދިކުޅުދޫގައި ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕް އުސޫލުން ޕްރައިވެޓް ޕާޓީގެ ހަރަދުގައި ޓެކްނިކަލް އިންސްޓިޓިއުޓަކާއި އެކަމަޑޭޝަން ބްލޮކެއްއިމާރާތްކޮށް ހިންގުމު ގެ މަސައްކަތުގެ ކޮންސެޕްޓް ފައިނަލްކުރުމުގެ މަރުހަލާ ކުރިއަށް ދާ ކަމަށް އެ އެ މިނިސްޓްރީން ވަނީ ބުނެފައެވެ.